Advertisement
ކ. މާލެ
|
3 ޖޫން 2019 | ހޯމަ 09:13
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން
މަޖިލިސް
ސުޕުރީމް ކޯޓު
ސުޕްރީމް ކޯޓުގެ ބަޔާނުން ސާފުވަނީ ޝަރުއީ ދާއިރާ އިސްލާހުކުރަންޖެހިފައިވާ މިންވަރު: ހިސާން
ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރއާ ޝަރުއީ ދާއިރާ އަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައި

ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނުން ދޭހަވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހުކުރަން ޖެހިފައިވާ މިންވަރު ކަމަށް ޖުޑީޝަލް ސަރވިސް ކަމިޝަން (ޖޭއެސްސީ) އަށް މަޖިލީހުން ކަނޑައަޅާފައިވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

Advertisement

ސުޕުރީމް ކޯޓުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނުގައި ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި އައްޔަންކުރެއްވި ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރއާ ޝަރުއީ ދާއިރާ އަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ އޭނާ އެފަދަ އިންޒާރެއްދީފައި ވަނީ މިދިޔަ މަހުގެ 29 ވީ ބުދަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން އޭނާއާ ބައްދަލުކުރުމުން ކަމަށެވެ.

ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަޤާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށާއި، ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އަދި އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑްކުރައްވާނެކަމަށްވެސް ވިދާޅުވެ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވަރަށް ޞަރީޙަ އިބާރާތުން ވަނީ ބިރު ދައްކަވައި އިންޒާރު ދެއްވާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ސުޕުރީމް ކޯތުން ބުނީ ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ނިޒާމު އިޞްލާޙު ކުރުމުގެ މަސައްކަތުގައި ދައުލަތުގެ އެއްވެސް އިދާރާއަކުން އެ އިދާރާއަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ އިޚްތިޞާޞާއި މެންޑޭޓް އަދާކުރުމާ ބެހޭގޮތުން ލަފާ ދެއްވުމަށް ވަޑައިގަންނަވާ ބައިނަލްއަޤުވާމީ ކޮންސަލްޓަންޓެއްގެ ދައުރަކަށް ވާންޖެހޭނީ ޕްރޮފެޝަނަލްކަމާއި މިނިވަންކަމާއެކު، ފަންނީ ލަފާދިނުން ކަމަށެވެ.

ނަމަވެސް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރގެ ޢަމަލާއި ބަސްމަގުހުރީ އެގޮތުގެމަތިން ނޫންކަން ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން އޭނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަޑައިގެން ފަނޑިޔާރުންނާ ބައްދަލު ކުރެއްވީ، ޝަރުޢީ ދާއިރާއާ އެއްވެސް މިންވަރަކަށް މަޝްވަރާ ކުރެއްވުމެއްނެތި އަދި ކަންތައްތައް ހިނގަމުންދާ ގޮތާމެދު ޝަރުޢީ ދާއިރާގެ ބަހެއް ހޯއްދަވައި، ކަމުގެ ޙަޤީޤަތްތައްވެސް އޮޅުންފިލުއްވުމެއް ނެތި، ވަކި ގޮތަކަށް ވިސްނުންފުޅު ބައްޓަން ކުރައްވައިގެން ކަމަށާއި ވަކި ގޮތަކަށް ޢަމަލު ކުރެއްވުމަށް ކުރިންސުރެ ރާއްވަވައިގެންކަން އޭނާގެ ވާހަކަފުޅުން ސާފުކޮށް އެނގޭ ކަމަށް ސުޕުރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
3 ޖޫން 2019 | ހޯމަ 09:29
ގުއިއްޒު
ސްޕްރީމް ކޯޓުވެސް ޔާނު ބަލިވިހެން ބަލިވަނީ