Advertisement
ކ. މާލެ
|
3 ޖޫން 2019 | ހޯމަ 09:56
ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް
ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް
ޝުއައިބް މުހައްމަދު އިގްބާލް
ޙާލަތު އެނގޭނީ އެރައްތަކަށް ދަތުރު ކޮށްގެން
ރައްޔިތުންގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނީ އެރަށްތަކަށް ދަތުރުކޮށްގެން: މަހްލޫފް
ރަށްތަކަށް ކުރަމުންދާ ދަތުރުތަކުން ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަނެވޭ
ޒުވާނުންނަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް މަސައްކަތް ތަކެއް މިސަރުކާރުން ކުރޭ

ރަށްތަކުގެ ރައްޔިތުންގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނީ އެރަށްތަކަށް ދަތުރުކޮށް އެފަރާތްތަކާއި ބައްދަލުކޮށްގެން ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ސިޔާސީ ދާއިރާގައި މިވީ ފަނަރަ ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ދަތުރު ކުރެވިއްޖެ ކަމަށާއި އެހެންކަމުން މަޖާކޮށްލުމަށް ނުވަތަ ރެސްޓް ނަގާލުމަށް އެއްވެސް ރަށަކަށް ދާން ނުޖެހޭ ކަމަށެވެ. އަތޮޅުތަކުގެ ރަށްތަކަށް ދަތުރު ކުރަނީ މާތް މަގުސަދެއްގައިކަން ފާހަގަ ކުރައްވާ މަހްލޫފް ވިދާޅުވީ އެރައްޔިތުން ޚާއްސަކޮށް ޒުވާނުންގެ ކަންބޮޑުވުންތަކާއި އެމީހުންގެ އިހްސާސްތަކާއި ބޭނުންތައް އެންމެ ގާތުން އެންމެ ރަނގަޅަށް އެނގެނީ އެމީހުންގެ ގާތަށް ގޮސްގެން ކަމަށެވެ. އަދި ކުރަންވީ ކަމަކީ އެއީ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

”އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިވަނީ މިދިޔަ ސަރުކާރުން އަޅާފައިވާ ދަނޑުތަކަށް ބަލާއިރު ނިންމާފައިވާ ދަނޑެއްނަމަ އޮތީ މަރާމާތު ކުރަންޖެހިފައި. ހަދަންފަށާފައިވާ ދަނޑެއްނަމަ އޮތީ ނުނިންމާ. އަދި އެބަހުރި އަޅަންޖެހޭ ދަނޑުތައް ވެސް. ބަޖެޓް ތަންދިން މިންވަރަކުން އެކަންކަން ކޮށްދެމުން މިދަނީ. އަބަދުވެސް ރައްޔިތުންގެ ގާތަށް ދާން ފުރުސަތު ލިބިއްޖެނަމަ ދާނަން. އެއީ އެކަމުން ކުރާ ފައިދާ އަޅުގަނޑަށް އެނގޭ." މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރަށްތަކަށް ކުރަމުންދާ ދަތުރުތަކުން އެރައްޔިތުން ބޭނުންވާ ކަންކަން ދެނެގަންނަ ކަމަށާއި އަދި އެއަށް ފަހު އެކަން ހައްލު ކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

"ކުރީ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުން މިސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދިނުމަށް ދަތިތައް އެބަހުރި. ރަށްރަށުގައި ފަށާފައިވާ ޕްރޮޖެކްޓްތައް ނިންމަން ފައިސާ ހޯދުމަށް މިސަރުކާރުން ފިނޭންސް މިނިސްޓްރީއަށް ލިޔެގެން އެތައް ކަމެއް ކުރަންޖެހޭ. އަދި ކުރީ ސަރުކާރުން ކަންކަމަށް ކަނޑައަޅާފައި ހުރިފައިސާ އަލުން މޮޑެފައި ބައިބަޔަށް އަޅަންމިޖެހެނީ. އެހެން ހުރި ކަންކަން ހައްލު ކުރުމަށްޓަކައި ކައުންސިލަރުންނާއި މަޖިލީހުގެ މެންބަރުންނާއި ވެސް ވާހަކަ ދައްކަމުން މިދަނީ. މިއަންނަ އަހަރު ފެށޭއިރު އެކަންކަން ރަނގަޅަށް ދާނީ." މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ މިސަރުކާރުގެ މަސައްކަތުގެ ސްޕީޑް ދަށްވެގެން ނުވަތަ މެގަ ޕްރޮޖެކްޓްތަކެއް ހިންގާފައި ނުވާތީ ކަންބޮޑު ނުވާ ކަމަށާއި ކުރިއަށް މިއޮތް ދުވަސްތަކުގައި ރައްޔިތުންނަށް ލާބަޔާއި މަންފާ ހުރި ކަންތައްތަކެއް މިސަރުކާރުން ކޮށްދޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް