Advertisement
ކ. މާލެ
|
2 ޖޫން 2019 | އާދީއްތަ 10:02
ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައީސް ނަޝީދު ލަންކާއަށް
ރައީސް ނަޝީދު ލަންކާއަށް ވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ކުރައްވާ ފުރަތަމަ ދަތުރުފުޅު
މި ހަފްލާގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންނާއި، ކެބިނެޓް ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ
މިއީ ލަންކާ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ސްރީލަންކާގެ ދައުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި މަހުގެ 15 ވަނަ ދުވަހު އެ ގައުމަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.

މިއީ ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ސަރުކާރުގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ) އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ލަންކާގައި މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ހަފްލާއެއްގައި އެމްޑީޕީ ޕާލެމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި، ޕާޓީގެ އިސްބޭފުޅުންގެ އިތުރުން ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސްރީލަންކާ އަކީ ރާއްޖޭގެ އިތުރުން އެ ޕާޓީއަށް ވެސް އެތަކެއް ގޮތުން އެހީވެދީފައިވާ ގައުމެއްކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. ރައީސް ޔާމީންގެ ސަރުކާރުގެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގައުމުން ބޭރުގައި އަރުވާލެވިގެން ހުންނެވި ދުވަސްވަރު ލަންކާއިން އެ މަނިކުފާނަށް ހިމާޔަތާއި ރައްކާތެރިކަން ދީފައިވާ ކަން އެމްޑީޕީން ވަނީ ފާހަގަ ކޮށްފައެވެ.

Advertisement

ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި، ސިޔާސީ ހަމަޖެހުން ގެނައުމަށް ސްރީލަންކާއިން އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ލަންކާއަށް ދިމާވާ ކޮންމެ ހިތާމަވެރި ހާލަތެއްގައި ދިވެހިރާއްޖެއާއި އެމްޑީޕީ އަބަދުވެސް އޮންނާނީ ލަންކާއާ އެކުގައި ކަމަށާއި، މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، ގައުމުގެ ސަލާމަތީ ކަންކަން ކަމާ ބެހޭ މުއައްސަސާތަކުން ބަލަހައްޓާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
2 ޖޫން 2019 | އާދީއްތަ 10:29
މުހަންމާ
ލަންކާ ސަރުކާރުން މިހާރު ދިވެހިންނަށް ދަތިކޮށް ރަށުން ބާލުވާއިރު ސަރުކާރުން ހިމޭނުން ތިބޭ ސަބަބު މިހާމަވަނީ.