Advertisement
ކ. މާލެ
|
1 ޖޫން 2019 | ހޮނިހިރު 22:43
ފެން ކޭސް ވަގަށް ނެގި ކަމަށް ބުނާ މީހާ
ފެން ކޭސް ވަގަށް ނެގި ކަމަށް ބުނާ މީހާ
ސޯޝަލް މީޑިއާ
ވައްކަން ކުރުން
ފެން ކޭހެއް ވަގަށް ނެގި ކަމަށް ބުނެ ބުރަކަށީގައި "ވަގު" ޖަހައިފި
18 އަހަރުގެ ފިރިހެނެއް

ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި ކަމަށް ބުނެ އެ މީހާގެ ބުރަކަށީގައި "ވަގު" ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ 08:30 ހާއިރު މާފަންނު، ދަކަދާމަގާއި ބްލޫކިޔާ މަގު ގުޅޭ ހިސާބުގައި ހުރި ފިހާރައަކުން ފެން ކޭހެއް ވަގަށް ނަގައިގެން އުޅުނު މީހަކު އާންމުން ވެގެން ހިފައްޓާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ފިހާރަ އިން ވައްކަން ކޮށްފައި ވަނީ 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފޮޓޯ އިން ފެންނަ ގޮތުގައި އެ މީހާގެ ބުރަކަށީގައި "ވަގު" ޖަހާފައި ވަނީ ސްޕްރޭ އިންނެވެ.

Advertisement

ވައްކަން ކުރާ މީހުންނާއި އެ ނޫން ވެސް ކަންކަމުގެ ތުހުމަތު ކުރެވޭ މީހުންނަށް އާންމުން ނުކުމެ އަދަބުދީ ކަންތައް ކުރާތީ ފުލުހުން ވަނީ ރައްޔިތުން އަމިއްލައަށް ގޮތް ނުނިންމުމަށް އެދިފައެވެ. ދާދި ފަހުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހުޅުމާލޭގައި މީހަކު ގަން ހިންގާފައިވާ އިރު ކ. ދިއްފުށީގައި ވައްކަން އިތުރުވެ ރައްޔިތުން ނުކުމެ ވަނީ ވަގުންނަށް އަނިޔާކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް