Advertisement
ކ. މާލެ
|
1 ޖޫން 2019 | ހޮނިހިރު 19:16
މާލޭގެ މަގެއް
މާލޭގެ މަގެއް
ޝުއައިބް މުހައްމަދު އިގްބާލް
ފިތުރު އީދު
މާލޭގައި އީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާކޮށްފި
ބުދަ ދުވަހުގެ ހަވީރު ވެސް ވެހިކަލް ދުއްވުން މަނާވާނެ
މިއީ މީހަކަށް ގެއްލުމެއް ލިބިދާނެތީ އެޅި ފިޔަވަޅެއް

ފިތުރު އީދު ދުވަހާއި ޖެހިގެން އަންނަ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފައިމަގުގައި ހިނގާ ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ހޮނިހިރު ދުވަހު ފާސްކުރި ގަރާރެއްގައި ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ސިޓީތަކާއި ރަށްތަކުގެ ތެރެއިން އެންމެ މީހުން ގިނަ ސިޓީއަކީ މާލެ ސިޓީ ކަމަށާއި، މާލޭ ސިޓީގައި ހިމެނޭ މާލޭގެ މަގުތަކަކީ ވަރަށް ކާރުބާރުބޮޑު މަގުތަކެއް ކަމަށެވެ.

ކައުންސިލުން ބުނީ ގިނަ ބަޔަކު ފިތުރުއީދުގެ އުފާފާޅުކުރުމުގެ ގޮތުން ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިންނާ ޒުވާނުން މަގުމައްޗަށް ނުކުމެ އީދު ކުޅިވަރުތަކުގައި ބައިވެރިވުމަށް މަގުމައްޗަށް ނުކުމެ އުޅޭނެ ކަމަށެވެ.

Advertisement

މީހަކަށް ގެއްލުމެއް ލިބިދާނެތީ ފިތުރު އީދު ދުވަސް ކަމަށްވާ މި މަހުގެ 4 ވަނަ ދުވަހާއި، ދުނިޔޭގެ ތިމާވެށި ދުވަސް ކަމަށްވާ މި މަހުގެ 5 ވަނަ ދުވަހު މާލޭ އާއި ވިލިމާލޭގައި ހަވީރު އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމުގައި ހަޖައްސާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ މި ދެ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ހަވީރު 18:30 އަށް ފައިމަގުގައި ހިނގާ އުޅޭ ގަޑިތަކުގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ 13 މެމްބަރުންގެ ތެރެއިން އެ ގަރާރުގައި ކައުންސިލްގެ ހަތް މެމްބަރުން ވަނީ ސޮއިކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް