Advertisement
ކ. މާލެ
|
1 ޖޫން 2019 | ހޮނިހިރު 13:30
އިސްލާމިކް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސް
އިސްލާމިކް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސް
ޝުއައިބް މުހައްމަދު އިގްބާލް
އީދު ނަމާދު
އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
މާލޭގައި އީދު ނަމާދު ކުރަނީ މާފަންނު ސްޓޭޑިއަމްގައި

މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ހަމަޖެއްސި ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވާ ގޮތަށް ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ފިތުރު އީދުގައި މާލޭ އަދި ރާއްޖޭގެ އިތުރު ހިސާބުތަކުގައި ބޮޑު ޖަމާއަތުގައި ކުރެވޭ އީދު ނަމާދާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީ ގައި ހޮނިހިރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

އެ ޕްރެސް ކޮންފަރެންސް ގައި ވާހަކަ ދައްކަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ނިޔާޒް ވިދާޅުވީ، އޮފިޝަލުންގެ ގޮތުގައި ބިދޭސީން ބައިވެރިކުރަން ނިންމާފައިވަނީ، އީދު ނަމާދުކުރުމަށް ގިނަ އަދަދަކަށް ބިދޭސީން ވެސް ދާކަން ފާހަގަކުރެވޭތީ ކަމަށެވެ.

Advertisement

އެމީހުންގެ ތެރެއިން ބަޔަކު އޮފިޝަލުންގެ ތެރޭގައި ހަރަކާތްތެރިވާނަމަ ކޮމިއުނިކޭޓު ކުރަން ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަމުންދާތާ ހަތް އަހަރުވެފައިވާއިރު، ބިދޭސީންނަށް އެފަދަ ކަމަކަށް ހުއްދަ ދިނުމަށް، ކަމާބެހޭ ފަރާތްތަކުން ނިންމި މިއީ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވަނީ މާފަންނު ޓާފް ދަނޑުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
1 ޖޫން 2019 | ހޮނިހިރު 14:42
ޚިނބޫ
އަނބިމީހާޔައް ޕެޑުގަނެދިނުމަކީ ހަމައެކަނި ބިދޭސީންގެ ކަމަކައް ހަދާދެން ބލވރކމއ