Advertisement
ކ. މާލެ
|
1 ޖޫން 2019 | ހޮނިހިރު 13:47
ބޮލިވިޔާ އެކު  ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ ހޮނިހިރު ދުވަހު
ބޮލިވިޔާ އެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ ހޮނިހިރު ދުވަހު
ރާއްޖެ- ބޮލީވިޔާ
ރާއްޖެއާ ބޮލިީވިޔާއާ ސިޔާސީ ގުޅުން ގާއިމްކޮށްފި
ބޮލީވިޔާ އަކީ 171 ވަނަ އަށް ސިޔާސީ ގުޅުން ގާއިމްކުރި ގައުމު
އެއްބަސްވުމުގައި ސޮއިކުރީ ހޮނިހިރު ދުވަހު

ދިވެހިރާއްޖެއާ ދެކުނު އެމެރިކާ ބައްރުގައި އޮންނަ ބޮލިވިޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފިއެވެ.

Advertisement

ދެގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެ އިން އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ތިލްމީޒާ ހުސެއިނެވެ. އަދި ބޮލިވިޔާގެ ފަރާތުން ސޮއިކުރެއްވި ބޮލީވިޔާއިން އެމެރިކާ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަޝާ ސާޖިއޯ ލޮރެންޓީ ސޮލިޒްއެވެ.

ބޮލީވިޔާ އަކީ ރާއްޖެއިން 171 ވަަނަ އަށް ސިޔާސީ ގުޅުން ގާއިމްކުރި ގައުމެވެ. ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު އެންމެ ފުރަތަމަ ހަތަރު ގައުމަކާ އެކު ވަނީ ސިޔާސީ ގުޅުން ގާއިމް ކޮށްފައެެވެ. އެއީ އިނގިރޭސިވިލާތް، ސްރީލަންކާ، އިންޑިއާގެ އިތުރުން އެމެރިކާއެވެ. ރާއްޖެއިން އެންމެ ފަހުން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ އިތިއޯޕިއާއެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ހަވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް