ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 23:13
އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު އިބޫ ސޯލިޙް
އެމްޑީޕީ ޕީޖީ ގުރޫޕްގެ ލީޑަރު އިބޫ ސޯލިޙް
ރާއްޖެއެމްވީ
އެމްޑީޕީ
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ
ފ އަތޮޅު ވިއްކާ ލުމުގެ މައުލޫމާތު ހޯދުމަށް ވާނީ އެދިފައި

 ފާފުއަތޮޅު ވިއްކާލުމަށް ތާޢީދުކޮށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު މާލިއްޔަތު ކޮމެޓީގައިކަމުވިޔަސް ނުވަތަ އެނޫން ތަނެއްގައި ވިޔަސް ވާހަކަފުޅުދައްކަވާފައި ނުވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނެފިއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި ޕާޓީގެ ޕާރލަމެންޓްރީ ގްރޫޕު ދެކޮޅުކަން ކުރިންވެސް ހާމަކޮށްފައިވާނެ ކަމަށެވެ. ސަރުކާރުން ފ. އަތޮޅު ވިއްކާލުން ވަގުތުން ހުއްޓާލުމަށް ވެސް މީގެކުރިން ވެސް ގޮވާލާފައިވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބަޔާނުގައި ބުނެފައިވެއެވެ،  

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކުން ހުއްޓުވުމަށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަރުކާރުން ފ. އަތޮޅު ވިއްކާލާކަމުގެ ޚަބަރުތައް ފެތުރިފައިވީ ނަމަވެސް އެކަމާބެހޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވުމުން، ރައްޔިތުން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމުންގެންދާތީ، ރައްޔިތުނަށް އެ މަޢުލޫމާތު ހޯދައި، ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމަކީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެހެންކަމުން އެކަމާގުޅޭ ހުރިހައި މަޢުލޫމާތެއް ސާފުކުރުމަށް އެމް.ޑީ.ޕީ އިންނާއި އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން މަސައްކަތްކުރަމުންންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މިގޮތުން އެ މަޢުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ހުށަހަޅާފައިވާ ކަމަށާއި އަދި އެ މަޢުލޫމާތު ހޯދުމަށް އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން އެ ކޮމެޓީގައި އެދުމަކީ އެއްވެސް ޙާލެއްގައި ފ.އަތޮޅު ވިއްކާލުމަށް ތާޢީދުކުރުމެއް ނޫން ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބަޔާނުގައި ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާއިން ފ. އަތޮޅު ގަންނަން އުޅެނީ،  މިހާރުގެ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު ޕްރިންސް މުހައްމަދުގެ ޝައުގު އޮތުމުންނެވެ. ޕްރިންސް  މުހައްމަދު ފ. އަތޮޅަށް ޝައުގުވެރިވީ، ސަރުކާރަށް ތާއިދުކުރާ ނޫހެއްގައި ބުނެފައިވާ ގޮތުގައި މީގެ އަހަރުތަކެއް ކުރި ފ. އަތޮޅުގައި ހުންނަވައި މުހައްމަދު ސްނޯކްލިންއަށް ވަޑައިގަތުމާއި ހިމިތީގެ ރީތިކަން ފެނިވަައިގެންފައި އޮތުމުންނެވެ. އެހެންވެ، އެ އަތޮޅު ތަރައްގީކުރަން ރާވާފައިވާ ޕްލޭންތައް ރައީސް އަބްދުﷲ ޔާމީނާ ހިއްސާކުރައްވާފައިވާ ކަމަށް ވެސް ރާއްޖެއެމްވީއަށް ވަނީ އެނގިފަ އެވެ. 

މާޗް މަހު ސައުދީ ރަސްގެފާނު ސަލްމާން ރާއްޖެ ވަަޑައިގެން ފ. އަތޮޅު ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފަ އެވެ. 
 

 

 

- ކޮމެންޓް