Advertisement
ކ. މާލެ
|
31 މެއި 2019 | ހުކުރު 18:57
މާތޮޅި ބޯޓު ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުން
މާތޮޅި ބޯޓު ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުން
އެމްއެންޑީއެފް
ބޯޓު ފަރަށް އެރުން
މާތޮޅި ބޯޓު އަދިވެސް ފުން ނުކުރެވޭ: އެމްއެންޑީއެފް
އިތުރު އުޅަނދެއް ބޭނުންކޮށްގެން ތެޔޮ ހުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ގިނަ އަދަދެއްގެ ތެލާ އެކު ކ. ކާށިދޫ ފަރަށް އެރި "މާތޮޅި" ބޯޓު އަދިވެސް ފުން ނުކުރެވޭ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ މާތޮޅި ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން ފުން ނުކުރެވޭ ކަމަށެވެ.

އެމްއެންޑީއެފް މާލެ އޭއިޔާ ކޯސްޓްގާޑް ސްކޮޑްރަންއިން އިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި، ބާޓުގެ ވެރިފަރާތުން ބޯޓު ފުންކުރުމަށް ދިޔަވަރަށް ބަލައިގެން ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Advertisement

އެމްއެންޑީއެފުން ބުނީ ބޯޓުގައި އަދިވެސް އެއްލައްކަ ލީޓަރު ތެޔޮ އެބަހުރި ކަމަށާއި، ބާޖްގެ ވެރިފަރާތުން އިތުރު އުޅަނދެއް ބޭނުންކޮށްގެން ތެޔޮ ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބޯޓު ފަރަށް އެރީ ސްޓެލްކޯ އިން ކާށިދޫގައި ހިންގާ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ހިފައިގެން ދަނިކޮށްށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް