Advertisement
ކ. މާލެ
|
31 މެއި 2019 | ހުކުރު 14:50
ހިތަދޫގެ ފިހާރައެއް ފަޅާލައި ނެގި ތިޖޫރި ވަލުތެރެއަށް އެއްލާލާފައި
ހިތަދޫގެ ފިހާރައެއް ފަޅާލައި ނެގި ތިޖޫރި ވަލުތެރެއަށް އެއްލާލާފައި
ޕޮލިސް
އައްޑޫ ސިޓީ
ހިތަދޫގެ ފިހާރައެއް ފަޅާލައި ތިޖޫރި ވަގަށް ނަގައިފި
ވަގަށް ނެގީ ތިޖޫރީގައި 1،200 ޑޮލަރާއި 27،704 ރުފިޔާ ހުރި

އައްޑޫ ސިޓީގެ ހިތަދޫ ފިހާރައެއް ފަޅާލައި، އެ ފިހާރައިގެ އޮފީސް ތެރޭގައި ހުރި ތިޖޫރި ވަގަށް ނަގައިފިއެވެ.

ހިތަދޫގައި ހުންނަ އެޕޯލޯ ނަމަކަށް ކިޔާ ފިހާރައިގެ ތަޅު ހަލާކު ކޮށްލައިގެން ވަދެ ތިޖޫރި ވަގަށް ނެގިކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 6:22 ހާއިރު އެވެ.

Advertisement

ވަގަށް ނެގީ ތިޖޫރީގައި 1،200 ޑޮލަރާއި 27،704 ރުފިޔާ ހުރި ކަމަށް ފުލުހުން ބުންޏެވެ. އެ ތިޖޫރީ ފުލުހުން ވަނީ ހޯދާފައެވެ. ނަމަވެސް ފައިސާތައް އަދި ފެނިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ތަހްގީގުކުރަމުން ދާއިރު، މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް