Advertisement
ކ. މާލެ
|
31 މެއި 2019 | ހުކުރު 15:03
މަގުމަތިން ފެން ހިއްކުމުގައި ސިފައިން ހަރަކާތްތެރިވަނީ
މަގުމަތިން ފެން ހިއްކުމުގައި ސިފައިން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
ރާއްޖެއަށް ބޯކޮށް ވާރޭވެހުން
މުޅި ރާއްޖެއަށް ވައިޓް އެލާޓް، މޫސުމަށް ސަމާލުވޭ: މެޓް އޮފީސް
ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އެދިފައިވޭ
ސަލާމަތީ ހިދުމަތްތަކުން ދަނީ އެހީތެރިކަން ފޯރުކޯށްދެމުން
މަގުމަތިން ފެން ހިއްކުމުގައި ސިފައިން ހަރަކާތްތެރިވަނީ

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް "ވައިޓް އެލާޓް" ނެރެ، ދަތުރުފަތުރުކުރުމުގައި މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފިއެވެ.

ވިއްސާރައިގެ ސަބަބުން ގޭބިސީތަކަށާއި މީހުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.

ވައިޓް އެލާޓް ނެރެފައިވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު 13:00 ހަމައަށެވެ. މެޓް އޮފީހުން ކުރި އިއުލާނުގައި ވަނީ ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ އެންމެހޭ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

Advertisement

ވާރޭ ވެހިގެން ފެންބޮޑުވި ރަށްރަށަށް އެމްއެންޑީއެފްއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމްއެންޑީއެފްގެ ސަދަން އަދި ސެންޓްރަލް ކޮމާންޑުގެ ސިފައިން ބުރާސްފަތި ދުވަހުން ފެށިގެން ފެންބޮޑުވި ރަށްރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ޓްވީޓް ކުރައްވާފައިވެ އެވެ.

އެގޮތުން ލ.އަތޮޅު ފޮނަދޫ އަދި މާމެންދޫއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެހީތެރިކަން ފޯރުކޯށްދީފައިވާ ކަމަށާއި، ދ. ކުޑަހުވަދޫގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ރަށްތަކަށް ބުދަ ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއްވެ، މަގުތަކުގައި ފެން ބޮޑުވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހީވުމުގައި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ. ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އަރުވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް