Advertisement
ކ. މާލެ
|
31 މެއި 2019 | ހުކުރު 13:18
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
ރަމަޟާން މަހަށްފަހުވެސް ހެޔޮ އަމަލު ކުރުމުގައި ދެމި ތިބުމަށް ހުކުރު ހުތުބާގައި ގޮވާލައިފި
ރޯދައިގެ ފައިދާ ލިބިގަނެވުނީ ކިހާ މިންވަރަކަށްތޯ އަމިއްލަ ނަފްސާ ސުވާލުކުރުމަށް ގޮވާލާފައިވޭ

ރަމަޟާންމަސް އަޅުގަނޑުމެންނާއި އަލްވަދާއު ކީނަމަވެސް ހެޔޮ އަމަލުކުރުމުގައި ދެމި ތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

Advertisement

"ރަމަޟާންމަހަށް ފަހު ހެޔޮ އަމަލުކުރުން މަތީ ދެމިތިބުން" މި މައުލޫގެ މައްޗަށް ބިނާ ކޮށްފައިވާ ހުތުބާގައި ބުނީ، ބާއްޖަވެރި މި މައްސަރު ނިމިގެންދާއިރު މި ރަމަޟާން މަހުގެ ރޯދައިގެ ފައިދާ ލިބިގަނެވުނީ ކިހާ މިންވަރަކަށްތޯ އަމިއްލަ ނަފްސާ ސުވާލު ކުރަން ޖެހޭ ކަމަށެވެ. އަދި ރަމަޟާން މަހުގައި އަޅުކަމަށް ބަހައްޓާ ފަރުވާތެރިކަން ކުރިއަށްއޮތް މަސްތަކުގައިވެސް އެގޮތުގައި ބޭއްވުމަށް ޚުތުބާގައި ހަނދާން ކޮށްދީފައިވެއެވެ.

"ރޯދަ ފަރުޟު ކުރެއްވި ހިކުމަތަކީ އަޅުތަކުންގެ ހާލިގުވަންތަ ﷲ އަށް ތަގުވާވެރިވުމެވެ. ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކުން ދުރުހެލިވެ، ﷲ ގެ ކޯފާއާއި އަޒާބުން ތިމާ ރައްކާތެރިވުމެވެ. މިކަން ފުރިހަމަ ކުރެވުނުތޯ ބަލައިލެވޭނެ ގޮތެއް އިލްމުވެރިން ވަނީ ބަޔާންކުރައްވާފައިވެއެވެ. އެއީ ރަމަޟާންމަހަށް ފަހުގައިވެސް ހެޔޮ ކަންތައް ކުރުންމަތީ ދެމި ހުރުމެވެ. އެހެން ވެއްޖެނަމަ އެއީ ރޯދަ ގަބޫލު ކުރެއްވި ކަމުގެ އަލާމާތެކެވެ"

މީގެ އިތުރުން، ރަމަޟާން މަސް ނިމުމުގެ ކުރިން ފިތުރު ޒަކާތް ދެއްކުމަށް ހުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ. އެގޮތުން ފިތުރު ޒަކާތް ދިނުން ވާޖިބުވާ ފަރާތްތަކުން އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ދެއްކުމަށް ޚުތުބާގައި ވަނީ ވަސިއްޔަތް ކުރައްވާފައެވެ.

"މުސްލިމު އަހުންނޭ! ރަމަޟާންމަސް އަޅުގަނޑުމެންނާ އަލްވަދާއު ކިޔާއިރު ހަނދާން ކޮށްދޭ މުހިއްމު އެއް ކަމަކީ ފިތުރު ޒަކާތެވެ. ފިތުރު ޒަކަތަކީ ތިމާއާއި، ތިމާ ހަރަދު ދީގެން ބެލެހެއްޓުން ވަޖިބުވެފައިވާ މީހުން، އީދު ދުވަހާއި އީދު ވިލޭރެއަށް ފުދޭވަރަށް ހުރެފައި އިތުރަށް ހުންނަ އެއްޗަކުން ކޮންމެ މުސްލިމް، މިނިވަނަކު ދިނުން ވަޖިބު ވެގެންވާ ޒަކާތެކެވެ. ވީމާ ފިތުރު ޒަކާތް ދިނުން ވާޖިބުވެގެންވާ އެންމެހައި ފަރާތްތަކުން، އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުމަށް ހަނދުމަކޮށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރަމެވެ."

އޭގެ އިތުރުން ރަމަޟާންމަހުގެ ރޯދަޔަށްފަހު ޝައްވާލްމަހުގެ ހަ ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެއް ކަމާއި އެކަމުގެ މުހިއްމުކަން ހުތުބާގައި ހަނދާން ކޮށްދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް