Advertisement
ކ. މާލެ
|
31 މެއި 2019 | ހުކުރު 10:34
އޯއައިސީ ސަމިޓަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފުރާވަޑައިގަތުމަށް މަތިންދާ ބޯޓަށް އަރައިވަޑައިގަންނަވަނީ
އޯއައިސީ ސަމިޓަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފުރާވަޑައިގަތުމަށް މަތިންދާ ބޯޓަށް އަރައިވަޑައިގަންނަވަނީ
ރައީސް އޮފީސް
ރައީސް ސޯލިހް
އޯއައިސީ ސަމިޓުގައި ރައީސް ބައިވެރިވެވަޑައިގަތުމަކީ ލިބޭ އުފަލެއް: ނަޝީދު
މި ސަމިޓުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވަޑައިގަންނަވާނެ
މިއީ އޯއައިސީގެ 14 ވަނަ ސަމިޓް

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ބައިވެރިވެ ވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

ހުކުރު ދުވަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްކާގައި ކުރިއަށްދާ އޯއައިސީ ސަމިޓުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ސަބަބަކީ އެފަދަ ކަންކަމުގައި ބޭނުންވަނީ އަމާންކަން ޤާއިމުކުރުމަށް ބާރުއަޅުއްވާ އަދި އެކަމުގެ އިލްމާއި ވިސްނުން ހުރި ފަރާތްތައް ކަމަށެވެ.

މި ސަމިޓަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ. އެގޮތުން މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާބެހޭ ގޮތުން މި ސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައި ވެއެވެ.

މި ސަމިޓުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވަޑައިގަންނަވާނެއެވެ.

މުސްލިމް އުންމަތުގެ އަޑު އިއްވައި ދިނުމަށް 1969 ގައި އުފެދުނު އޯއައިސީގައި 57 މެމްބަރު ގައުމު ހިމެނޭއިރު، މުސްލިމު އުންމަތަށް އެންމެ މުހިންމު ކަންކަމާމެދު މަޝްވަރާކުރުމަށް އޯއައިސީގެ މި ބައްދަލުވުންތައް ބާއްވަމުން އަންނަނީ ކޮންމެ ތިން އަހަރަކުން އެއް އަހަރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް