Advertisement
ކ. މާލެ
|
31 މެއި 2019 | ހުކުރު 10:16
ދުންފަތުގެެ ބާވަތްތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ލޭބަލް
ދުންފަތުގެެ ބާވަތްތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ލޭބަލް
މުހައްމަދު ޝަރުހާން
ދުންފަތުގެ އިސްތިއުމާލު
ވަކިން ސިނގިރެޓް ވިއްކުން މަނާ!
ފުރަތަމަ ތަންފީޒުކުރަން ފަށާފައިވަނީ ވަކި ސިނގިރޭޓު ވިއްކުމާ ބެހޭ ބައި

ރާއްޖޭގައި ވަކި ސިނގިރޭޓް ވިއްކުން ބުރާސްފަތި ދުވަހުގެ ރޭ 12 އިން ފެށިގެން މަނާ ވެއްޖެއެވެ.

Advertisement

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ގަވާއިދުގައިވާ ގޮތުން އެންމެ ފުރަތަމަ ތަންފީޒުކުރަން ފަށާނީ ވަކި ސިނގިރޭޓު ވިއްކުމާ ބެހޭ ބަޔަށެވެ. މިދިޔަ ޖެނުއަރީ 31 ގައި އެ ގަވާއިދު ގެޒެޓުކުރިއިރު، އެ ގަވާއިދަށް އަމަލުކުރަން ފަށަން ހަމަޖައްސާފައި ވަނީ ތިން މަސް ފަހުންނެވެ.

ގަވާއިދާ ހިލާފުވާ ފަރާތްތައް އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5،000ރ. އަދި ތިން ވަނަ ފަހަރަށް، 10،000ރ. އިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

ގަވާއިދުގައި ވަނީ ޖޫރިމަނާގެ އިތުރުން ދުންފަތް މުއާމަލާތް ކުރުމަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމާއި ހުއްދަ ބާތިލް ކުރުމާއި ހުއްދައިގައި ހިމެނޭ ވަކިވަކި ކަންކަން ހިފެހެއްޓުމަށް ހުރަހެއް ނެތް ކަމަށެވެ. ކުރިޔަށް އޮތް ޖުލައި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ދުންފަތުގެ ހުރިހާ ބާވަތްތަކެއް ޕެކެޓްކޮށް ލޭބަލްކުރުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭއިން)އާއްމު ކޮށްފައިވާސިއްހަތުގެ އިންޒާރުތަކާ މަންޒަރުތައް ހިމަނަންޖެހެއެވެ. އިންޒާރުގެ ފޮޓޯ ނުޖަހައި ހުންނަ ސިނގިރޭޓް ފޮށި ވިއްކުން މުޅިން މަނާވާނީ އަންނަ ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެންނެވެ.

ޖޫރިމަނާތައް

  1. ފުރަތަމަ ފަހަރު: ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަގުގެ 10 ގުނަ
  2. ދެވަނަ ފަހަރު: 5000ރ.
  3. ތިންވަނަ ފަހަރު: 10،000ރ.
  4. ތިންވަނަ ފަހަރު: 20،000ރ.
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
31 މެއި 2019 | ހުކުރު 16:19
ރުސްތަމް
ތިކަން ބަލަނިީ ކާކުބާ.