Advertisement
ކ. މާލެ
|
31 މެއި 2019 | ހުކުރު 09:56
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ރާއްޖެއެމްވީ
ފަލަ ސުރުހީ
މިނިވަން މުއައްސަސާތައް ބަދަލުކުރާނަން: އާޒިމް
މުއައްސަސާތަަކަށް ނަޒާހަތްތެރި މީހުން އައްޔަން ކުރަން ޖެހޭ ކަމަށް ވިދާޅުވި
ރިޔާސީ ކޮމިޝަންގެ ބިލް ފާސްވެގެން ދާނެ
ގިނަ މުއައްސަސާތަކުގައި ތިބީ ސިޔާސީ ބޭފުޅުން ކަމަށް ވިދާޅުވި

ތަޣައްޔަރު ވެފައިވާ މިނިވަން މުއައްސަސާތައް މިހާރު ހިނގަމުންދާ ގޮތް ބަދަލު ކުރާނެ ކަމަށާއި، އެ މުއައްސަސާތަކަށް ރަނގަޅު މީހުން އައްޔަން ކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ ރިޔާސީ ކޮމިޝަނާ އެއްވަރަށް އެހެނިހެން މުއައްސަސާތައް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ނިމިގެން ދިޔަ ސަރުކާރުން ކޮށްފައިވާ ''ވައްކަމާއި'' ނާޖާއިޒުކޮށް ކޮށްފައި ހުރި ކަންތައް ނުބެލިގެން އުޅެނީ ގާނޫނުތަކެއް ނުވަތަ ކޮމިޝަންތަކެއް ނެތިގެން ނޫން ކަމަށެވެ.

Advertisement

އެކަން އެގޮތަށް ނުވެގެން އުޅެނީ، އެ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން އެކަންތައްތައް ނުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އަޅުގަނޑުމެ ގަބޫލުކުރަނީ ވަރަށްކައިރި މުސްތަގްބަލެއްގައި މި ދެންނެވި މިނިވަން މުއައްސަސާތައް ބަދަލުވާން ޖެހޭނެކަން. ރަނގަޅު މީހުން އެބަ އަންނަން ޖެހޭ. ނަޒާހަތްތެރި ބޭފުޅުން އެ ކޮމިޝަންތަކަށް ލެވެން އެބަ ޖެހޭ،" އާޒިމް ވިދާޅުވިއެެވެ.

މަޖިލީހަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް އާޒިމް ވިދާޅުވީ އިލެކްޝަން ކޮމިޝަން، ޖުޑީޝަލް ސާވިސް ކޮމިޝަން ފަދަ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަކީ ސިޔާސީ ބޭފުޅުން ކަމަށެވެ. އެ މުއައްސަސާތަކުގައި ތިއްބާވާ ބޭފުޅުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާކަން ފާހަގަ ކުރައްވަމުން އާޒިމް ވިދާޅުވީ، އެފަދަ ކަންތައް ރަނގަޅު ކުރެވެން އޮތީ އެ ކޮމިޝަންތަކަށް އައްޔަން ކުރާ ފަރާތްތަކަކީ ނަޒާހަތްތެރި، އަމިއްލަ މަސްލަހަތައްވުރެ ގައުމީ މަސްލަހަތު އިސްކުރާ ބޭފުޅުންނަށް ވެގެން ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގެ ތަޅުމުގައި އޮތް ރިޔާސީ ކޮމިޝަންގެ ބިލަށް އިޝާރަތް ކުރައްވާ އާޒިމް ވިދާޅުވީ، ނަވާރަ ވަނަ މަޖިލީހުގައި އެބިލް ފާސްކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފައިވާ އިރު، އެޖެންޑާގައި މަޖިލީހަށް އަލަށް ތައަރަފްކުރާ ބިލްތަކުގެ ގޮތުގައި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ވަނީ ހިމަނާފަ އެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހަށް ވެސް އެ ބިލް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަނީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންނެވެ.

އާޒިމް ވިދާޅުވީ މިހާރު ހުރި ބްރޯޑްކާސްޓް ކޮމިޝަނާ، އޭސީސީ ފަދަ މުއައްސަސާތައް މިހާރުން މިހާރަށް ބަދަލުވާން ޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް އާޒިމް ވިދާޅުވީ، އެ މުއައްސަސާތަކުން ކަންކަން ކޮށްފައި ހުރީ އެއިރެއްގެ އޮންނަ ސަރުކާރު ބޭނުންވާ ގޮތުން ކަމަށްވާތީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް