Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 23:26
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން ގދ. ރަތަފަންދޫގައި ސިފައިން ހަރަކާތްތެރިވަނީ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން ގދ. ރަތަފަންދޫގައި ސިފައިން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
މޫސުން ގޯސްވެ ވިއްސާރަވުން
މޫސުން ގޯސްވެ ގިނަ ރަށްރަށުގައި ފެން ބޮޑުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ލ. މާމެންދޫގެ އިންޖީނުގެއަށް ފެނުގެ އަސަރުކޮށްފައިވޭ
ގއ. ވިލިނގިލި ދާންދޫ، މާމެންދޫ، އަދި ތިނަދޫއަށް ވާރޭވެހި ފެންބޮޑުވެފައިވޭ
މިރެ އާއި މާދަމާ ވެސް މޫސުމް ގޯސްވެދާނެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވަމުންދާތީ އެކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކިއުޓިވް އުމަރު ފިކުރީ ވިދާޅުވީ، ލ. މާމެންދޫގެ އިންޖީނުގެއަށް ފެނުގެ އަސަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މިހާރު އެރަށުން ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ. އަދި ރަށުގައި މިހާރު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން، ގއ. ވިލިނގިލި ދާންދޫ، މާމެންދޫ، އަދި ތިނަދޫއަށް ވާރޭވެހި ފެންބޮޑުވެފައިވާ ކަމަށާއި އަދި އެ ރަށްރަށުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.

Advertisement

އޭގެ އިތުރުން ވެސް ގިނަ ރަށްރަށަށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހިސާން ހަސަން ވިދާޅުވީ ގއ. ވިލިގިލީގައި ވެސް ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާއިރު، ކަނޑު ގަދަވުމުގެ ސަބަބުން އެއްވެސް ވަރަކަށް އެރަށަށް ދަތުރުތައް ނުކުރެވޭ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި، ފެން ހިންދާ ޕަމްޕްތައް ރަށްރަށަށް މޮބަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ބައެއް ސަރަހައްދުތަކަށް ލޯންޗުގައި ވެސް ދަތުރު ނުކުރެވޭހާ މޫސުން ގޯސް ކަމަށް ހިސާން ވިދާޅުވިއެވެ

އެހެންވީމާ އަޅުގަނޑުމެން މިހާރު މާލެ ކޮޅުން މިރޭ މޯލްޑިވިއަންގެ ފްލައިޓެއް ފުރަން ތައްޔާރުވެފަ އެބައިން، ފްލައިޓަކަށް އެމްޓިސީސީ މެދުވެރިކޮށް ޕަމްޕެއް ހޯދާ އަދި ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ގުދަނުގައި ހުރި ޕަމްޕެއް އެރަށަށް ވީހާ ވެސް އަވަހަކަށް ފޮނުވާލެވޭތޯ
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަން

އޭގެ އިތުރުން މިރެ އާއި މާދަމާ ވެސް މެދު ރާއްޖެތެރެއަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އެދިފައި ވެއެވެ. އެގޮތުން ކުރީބައިގައި ސަމާލުވުމަށް، ގޭގެއަށް ފެން ނުވަންނާނެހެން ދޮރުމަތީގައި ވެލި ބަސްތާ ޖެހުމާއި، ފެންބޮޑުވެއްޖެ ހާލަތެއްގައި ގެއްލުން ވެދާނެ ފަދަ މުދާތައް ރައްކާކޮށްފައި ބެހެއްޓުމާއި، ކަރަންޓް ސާމާނުތަކަށް ސަމާލުވުމާއި، ދަތުރު ފަތުރުކުރާ ފަރާތްތަކުން ވެސް ސަމާލުވުމަށް އެ އޮތޯރިޓީން އެދިފަައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް