Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 23:28
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަން
މޫސުން ގޯސްވުން
މޯލްޑިވިއަން އިން ފުވައްމުލަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ކެންސަލް ކޮށްފި
ދަތުރުތައް ކެންސަލްކުރީ މޫސުން ގޯސްވުމުން
ދަތުރުތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ފުވައްމުލަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ކެންސަލް ކޮށްފިއެވެ.

Advertisement

މޯލްޑިވިއަންއިން ކޮށްފައިވާ ޓްވީޓްގައި ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ބުރާސްފަތި ދުވަހުގެ ރޭ ފުވައްމުލަކަށް ކުރުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ ދަތުރުތަކުގެ އިތުރު މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާ އިރު، ކަނޑުދަތުރުފަތުރު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްށާއި، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫސުމާ ބެހޭ އިދާރާއިން ވަނީ ނުވަ އަތޮޅަކަށް ޔެލޯ އެލާޓް ނެރިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް