Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 23:07
އީދު ހަދިޔާ ބެހުމުގެ ތެރެއިން
އީދު ހަދިޔާ ބެހުމުގެ ތެރެއިން
ރާއްޖެއެމްވީ
ޅ. ހިންނަވަރު
ހިންނަވަރު ރައްޔިތުންނަށް އެރަށުގެ ކައުންސިލުން އީދު ހަދިޔާ ބަހައިފި
ކޮންމެ ގޭބިސީއަކަށް 5 ކިލޯގެ ބާސްމަތީ ހަނޑޫ ބަސްތާއަކާއި ދެ ކުކުޅު
އީދު ހަދިޔާ ދެނީ ކައުންސިލްގެ ބަޖެޓުން

ޅ. ހިންނަވަރު ރައްޔިތުންނަށް އެރަށުގެ ކައުންސިލުން އީދު ހަދިޔާ ބަހައިފިއެވެ.

އެރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް ރާއްޖެއެމްވީއަށް ވިދާޅުވީ ރޯދަމަހަށް ޚާއްސަކޮށް ރައްޔިތުންނަށް ހަދިޔާ ބެހުމަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ދިމާވި ބައެއް މައްސަލަތަކާ ހުރެ އެކަން ނުވީ ކަމަށެވެ.

Advertisement

އެގޮތުން ފިތުރުއީދަށް ޚާއްސަކޮށް ރައްޔިތުންނަށް ހަދިޔާ ދިނުމަށް ނިންމީ ކަމަށް އަބްދުﷲ ވިދާޅުވިއެވެ. ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ބަހަނީ 5 ކިލޯގެ ބާސްމަތީ ހަނޑުލާއި، 1200 ކިލޯގްރާމްގެ ދެ ކުކުޅެވެ.

ހަދިޔާ ބަހަނީ ކަރަންޓް މީޓަރުތަކަށް ބަލައިގެން. އެއް ގެއެއްގައި ދެ މީޓަރު ހުރެއްޖެ ނަމަ އެ ދެ މީޓަރަށް ވެސް ހަދިޔާ ލިބޭނެ. މީޓަރެއް ބަލަނީ އާއިލާއަކަށް. އެގޮތަށް މަސައްކަތް މިކުރިއަށް ގެންދަނީ،"
ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް

އަބްދުﷲ ވިދާޅުވީ ކައުންސިލްގެ ބަޖެޓުން މިފަދަ ކަމެއް ކުރި މިއީ ފުރަތަމަ ފަހަރު ކަމަށާއި، ގާތްގަނޑަކަށް މި މަސައްކަތަށް އެއްލައްކަ ފަންސާސްހާސް ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައި. މީގެ ކުރިން ވަރަށް ޝަކުވާކުރާނެ އެހެން ރަށްރަށުގެ ކައުންސިލްތަކުން ހަދިޔާ ދީފަ އަހަރުމެންނަށް މިފަދަ ކަމެއް ނުކުރެވޭތީ،"
ހިންނަވަރު ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް
ހިންނަވަރު ކައުންސިލުން ރައްޔިތުންނަށް ބަހާ ހަދިޔާ

ހިންނަވަރުގެ ރައްޔިތުންނަށް އީދު ހަދިޔާ ބެހުމަށް ނިންމީ 5 ކައުންސިލަރުންގެ ބައްދަލުވުމެއްގައި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ހަދިޔާ ބަހަން ފެށީ ބުރާސްފަތި ދުވަހުއެވެ. އީދު ދުވަހުގެ ކުރިން ހުރިހާ ގެއަކަށް ހަދިޔާ ބަހާ ނިންމާލެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ރޯދަ މަހާ ދިމާކޮށް ވެސް ވަރަށް ގިނަ ކައުންސިލްތަކުން ވަނީ އެ ރަށްރަށުގެ ރައްޔިތުންނަށް ހަދިޔާ ދީފައެވެ. އެ ގޮތުން ބައެއް ރަށްރަށުގައި ކަރަންޓް ބިލް މައާފްކުރުމާއި ރޯދަ އަށް ބޭނުންވާ މަސްދަޅު ކަހަލަ ތަކެތި ވެސް ބަހާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް