Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 22:54
ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލު ކުރައްވަނީ
ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލު ކުރައްވަނީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ
ގިނަ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މިނިސްޓަރ ޝާހިދު ބައްދަލު ކުރައްވައިފި
ބައްދަލުވުންތައް ކުރިއަށް ދިޔައީ ކައުންސިލް އޮފް ފޮރިން މިނިސްޓާރސްގެ ބައްދަލުވުމުގެ ހަވާސާގައި

ގިނަ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ފޮރިން މިނިސްޓަރ ޝާހިދު ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުންތައް އޮތީ ޖިއްދާގައި ކުރިއަށްދިޔަ އޯއައިސީ ކައުންސިލް އޮފް ފޮރިން މިނިސްޓާރސްގެ ބައްދަލުވުމުގެ ހަވާސާގައެވެ.

ބްރޫނާއީގެ ސެކަންޑް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އެންޑް ޓެރޭޑް އެރިވާން ޔޫސުފާ، މިނިސްޓަރ ޝާހިދު ބައްދަލު ކުރައްވައި ދެގައުމުގެ ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން މިސްރުގެ ޚާރިޖީ ވަޒީރު ސަމީހް ހަސަން ޝުކުރީއާ ބައްދަލު ކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ފޮރިން މިނިސްޓަރު ޝާހިދު ވަނީ އިންޑޮނޭޝިޔާގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީ ވެސް ބައްދަލުކުރައްވާފައެވެ.

Advertisement

މީގެ އިތުރުން ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއަރޒް އާދިލް އަލް ޖުބައިރުއާ ވެސް ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ސައުދީން ރާއްޖެ އަށް ތަރައްޤީ އަށް ފޯރުކޮށްދޭ އެހީއާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން އަލް ސަފާދީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމާ ބެހޭ ގޮތުންނާއި ވިސާއާ ނުލައި ދިވެހިންނަށް އުރުދުންއަށް ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ ކުރިން މިނިސްޓަރ ޝާހިދު ވަނީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭކޭ އަބްދުލް މޮމެންއާ ވެސް ބައްދަލުކުރައްވާފައެވެ.

ޝާހިދުގެ އިތުރުން އޯއައިސީގެ ސަމިޓަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ސައުދީ އަށް ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް