Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 18:05
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ޝުއައިބް މުހައްމަދު އިގްބާލް
ފެނަކައިގެ ހިދުމަތްތައް
ފެނަކައިގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މިހާތަނަށް 135 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވޭ: ސައީދު
ރޯދަމަހަށް ހާއްސަކޮށް އެކި ރަށްތަކައް 48 ޖަނަރޭޓަރު ގެންދެވިފައިވާ ކަމަށް ވިދާޅުވި
56 ރަށެއްގެ އިންޖީނުގެ ރީލޮކޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި

ފެނަކައިގެ ހިދުމަތްތައް ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް މިހާތަނަށް 135 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ފެނަކައިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލް މީޑިޔާތަކާއި ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރޯދަމަހަށް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެދާނެތީވެ، މިއަދާ ހަމައަށް 48 ޖަނަރޭޓަރު އެކި ރަށްރަށަށް ގެންދެވިފައިވާނެ ކަމަށެވެ.

" ހަމަ އެއާ އެކު އެ ވިއުގަ ރަނގަޅު ކުރުމަށް ބޭނުންވާ ޕެނަލް ބޯޑާއި ކޭބަލްތައް ވެސް ރަށްރަށަށް ގެންދެވުނު އަޅުގަނޑުމެންނަށް،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ހިދުމަތް ރައްޔިތުންނަށް އެކަށީގެންވާ ހަރުދަނާ ނިޒާމަކުން ފޯރުކޮށްދިނުމަށްޓަކާ ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު ކަމަށާއި، ހާއްސަކޮށް ރޯދަމަހު އުއްމީދުނުކުރާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ.

ކަރަންޓްގެ ހިދުމަތް ރައްޔިތުންނަށް ހަރުދަނާ ގޮތަކަށް ފޯރުކޮށްދިނުމަށްޓަކާ މިހާތަނަށް 13 ޕަވަރ ހައުސްއެއް އިއުލާންކުރެވި އިވެލުއޭޓް ކުރުމުގެ މަރްހަލާގައިވާ ކަމަށާއި، އޭގެ ބައެއް މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 56 ރަށެއްގެ އިންޖީނުގެ ރީލޮކެޓް ކުރުމާއި، އާ އިންޖީނުގެތައް އެޅުމުގެ މަޝްރޫއުތައް އެކުލަވާލެވިފައިވާ ކަމަށެވެ.

" ހަމަ އެ ގޮތަށް ފެނާއި ނަރުދަމާގެ ވަސީލަތްތައް ދުވަހުން ދުވަހަށް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދްމަތަކަށް ވާތީވެ، މެދުކެނޑުމެއް ނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ރެޔާއި ދުވާލު އެތައް ބުރަ މަސައްކަތެއް ކުންފުނިން ދަނީ ކުރަމުން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ކަރަންޓްގެ މައްސަލައެއް ދިމާވެއްޖެ ނަމަ، ވީހާވެސް އަވަހަށް އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުންފުނިން ކުރަމުން އަންނަ ކަމަށާއި، ކުންފުނި އަބަދުވެސް އޮންނާނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް