Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 14:41
އަހުމަދު އަދީބް
އަހުމަދު އަދީބް
މުހައްމަދު ޝަރުހާން
އަހުމަދު އަދީބް
ކުޑަގޮޅީގައި އޮވެ އެންމެ ގިނައިން ކުރި ދުއާ އިޖާބަކުރައްވައިފި: އަދީބް
އަދީބުގެ މައްޗަށް އިއްވާފައިވާ ތިން ހުކުމެއް ވަނީ ބާތިލުކޮށްފައި

ކުޑަގޮޅީގައި އޮވެ އެންމެ ގިނައިން ކުރި ދުއާ އިޖާބަކުރައްވައިފި ކަމަށް ކުރީގެ ނައިބްރައީސް އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.

ސޫރަތުލް އަންބިއާގެ 87 ވަނަ އާޔަތާއި މާނަ ހިމަނުއްވައި އަދީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުޑަގޮޅީގައި އެކަނި އަނދިރީގައި، ބަލި ހާލުގައި، އެތައް އަހަރެއް ވަންދެން އެންމެ ގިނައިން ކުރި ދުއާ އިޖާބަކުރައްވައިފި ކަމަށެވެ.

އެގޮތުން އަދީބް ވިދާޅުވީ، އިންސާފް ހޯދައި ދެއްވައި އެމަނިކުފާނު ސަލާމަތް ކޮށްދެއްވި މާތް ﷲ އަށް ހަމްދާ ޝުކުރު އަދާކުރާ ކަމަށެވެ.

Advertisement

އަދީބަށް ކުރި 33 އަހަރުގެ ޖަލު ހުކުމްގެ ތެރެއިން ފިސްތޯލު ގެންގުޅުނު މައްސަލާގައި ކުރި 10 އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ފިނިފެންމާ ލޯންޗްކޮޅުގެ މައްސަލައިގައި އަދީބަށް ކުރި 15 އަހަރުގެ ހުކުމް ބާތިލް ކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އަދި ހިޔާނާތުގެ 8 އަހަރުގެ ހުކުމް ބާތިލުކުރީ މިއަދެވެ.

އަދީބު ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން އަދިވެސް ހުންނެވީ ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ގޭ ބަންދުގައެވެ.

ނިމިގެންދިޔަ އަހަރު ސަރޖަރީއަކަށް ފަހު ދުވަސްކޮޅަކަށް އެމަނިކުފާނު ގޭބަންދަށް ބަދަލުކުރި ނަމަވެސް، ޑޮކްޓަރުން ލަފާދެއްވާފައިވާ މުއްދަތުގެ ކުރިން އެމަނިކުފާނު ވަނީ ޖަލުބަންދަށް ބަދަލުކޮށްފައެވެ. އެފަހަރު ގޭގައި ހުންނެވި ދުވަސްވަރު އެމަނިކުފާނު ވަނީ އިސްކޮށް ހުންނަވައިގެން އެމްޓީޑީގެ ނަމުގައި ސިޔާސީ ޕާޓީއެއް ވެސް އުފައްދަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް