Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 15:30
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ
ޝުއައިބް މުހައްމަދު އިގްބާލް
ރޯޑް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމް
ރޯޑް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމް އަންނަ މަހު 2 ގައި ފަށަނީ
ކެމްޕެއިން ބާއްވާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ 4:30 އިން 5:45 އަށް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން "ރޯޑް ސޭފްޓީ ކެމްޕެއިން "އަންނަ މަހު 2 ގައި ފަށަން ހަމަޖެހިއްޖެއެވެ.

ޔޫތު މިނިސްޓްރީ އިން އިސްނަގައިގެން ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންނާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވީ

Advertisement

ސޯޝަލް ކައުންސިލުން އިސްނަގައިގެން ނައިބު ރައީސް ފައިސަލް ނަސީމްގެ އެދިވަޑައިގަތުމަށް ބާއްވާ ރޯޑް ސޭފްޓީ ކެމްޕެއިން ބާއްވާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ 4:30 އިން 5:45 އަށް ކަމަށެވެ.

"މިވަގުތަށް އަޅުގަނޑުމެންނާއި އެކީގައި ވަރަށް ގިނަ ކުންފުނިތަކުން ވެސް ބައިވެރިވާނެ. މި ހަރަކާތުގައި އޮންނަނީ އަޅުގަނޑުމެން ފްރޭމްތަކެއް ތައްޔާރުކުރުމަށް ފަހު ވީހާވެސް ގިނަ ބަޔަކު ފޮޓޯތައް ނަގާ ބޮޑަށް ސޯޝަލް މީޑިއާއަށް ފޯކަސް ކުރެވިގެންދާނީ" މަހުލޫފު ވިދާޅުވިއެވެ.

ޓްރާންސް ޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ހިތާމަވެރި ހާދިސާތައް ހިނގާފައިވާކަމަށާއި ހޭލުންތެރިކުރުވުމާއި މައުލޫމާތު ދިނުން އެއީ އަބަދުވެސް ހަނދާން ކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ. އެކަންތައްތައް ހުއްޓުވުމަށްޓަކައި ކުރިއަށް އޮތްތަނުގައި ވެސް ޔޫތު މިނިސްޓްރީއާއި ގުޅިގެން އެކަހަލަ ހަރަތާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

"ބްރިޖްގައި ހިނގާދިޔަ އެކްސިޑެންޓަށް ފަހު ރޯދަ މަހުގެ މި ހަލަބޮލިކަމުގެ ތެރޭގައި އެކްސިޑެންޓްތައް އިތުރުވާކަން ފާހަގަ ކޮށްލަން ހިތާމަޔާއެކު. ދަންނަވާލަން އޮތީ އެކަމުގެ ސަބަބުން މިކަމުގެ ބޭނުން ވަރަށް ބޮޑޭ" ނަހުލާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފްޓްރެފިކްޑިޕާޓްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްހުސައިން ސަމީރު ވިދާޅުވީރޯޑް ސޭފްޓީ ކެންޕެއިނުގައި މިހާރު ދިމާވާ ކަންތައްތަކުގެ ތެރެއިން ފަސް ކަމެއްގެ ގޮތުގައި އަލިއަޅުވާލާނެކަމަށެވެ. އެގޮތުން ދުއްވާ ސްޕީޑަށާއި ކުޑަކުދިން ގޮވައިގެން ދުއްވާ ދުއްވުން ރައްކާތެރި ގޮތެއްގައި ހެދުމަށާއި މަގު ހުރަސްކުރާއިރު ރައްކާތެރިކަމަށާއި ދުވާރު މައްޗަކީ މަގުގައި ހިނގާތަނެއްގެ ގޮތުގައި ރައްުކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ.

ވިހި މުއައްސަސާއަކުން ބައިވެރިވާ މި ޕްރޮގްރާމުގައި އެގާރަ ސަރަހައްދެއްގައި މި ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލޭގެ ނުވަ ސަރަހައްދަކާއި ހުޅުމާލޭ ދެ ސަރަހައްދެއްގައެވެ.

ހުސައިން ސަމީރު
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް