Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 15:26
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
ޓްވިޓަރ
އެޗްޑީސީ
އެޗްޑީސީއަށް ލިބެންޖެހޭ 39 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏަށް އަންގައިފި
އަމިއްލަ ފަރާތަކަށް 5 ބިން ކުއްޔަށް ދޫކޮށްފައިވޭ
މިހާތަނަށް އެފަރާތުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ

އަމިއްލަ ފަރާތަކުން އެޗްޑީސީއަށް ދައްކަންޖެހޭ 39 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ހޯދައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އެ ކުންފުންޏަށް އަންގައިފިއެވެ.

Advertisement

ބުރާސްފަތި ދުވަހު އޭސީސީން ކުރި ޓްވީޓެއްގައި ބުނީ، އެޗްޑީސީން ހުޅުމާލޭގެ ސިނާއީ ސަރަހައްދުން އަމިއްލަ ފަރާތަކަށް 5 ބިން ކުއްޔަށް ދޫކޮށްފައިވާ ކަމަށާއި، ނަމަވެސް ކުއްޔަށް ނެގި ދުވަހުން ފެށިގެން މިހާތަނަށް އެފަރާތުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކައި އެ ބިންތައް އެހެން ފަރާތަކާ އެކު އެގްރީމަންޓް ހަދައިގެން ކުއްޔަށް ދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ އޭސީސީން ތަހުޤީޤު ކުރުމަށްފަހު އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އެޗްޑީސީއަށް އަންގާފައިވާނެ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން އިތުރަށް ބުނީ، އެޗްޑީސީން ދޫކޮށްފައިވާ ބިންތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 39،072،926.34 ( ތިރީސް ނުވަ މިލިއަން ހަތްދިހަ ދެހާސް ނުވަސަތޭކަ ސައްބީސް ރުފިޔާ ތިރީސް ހަތަރު ލާރި) އެ ފަރާތުން އެޗްޑީސީއަށް ދައްކަންޖެހޭ ކަމަށާއި، އެ ފައިސާ ހޯދުމުގެ މަސައްކަތް ކޯޓު މެދުވެރި ކޮށްގެން ވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ލިބިފައިނުވާތީ ފައިސާ ހޯދުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް އެޗްޑީސީއަށް އެންގުމާއެކު، އެކަން އެޓަރނީ ޖެނެރަލް އޮފީހާއި ފިނޭންސް މިނިސްޓްރީއަށް ވެސް އަންގާފައިވާނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ބިމުގެ ކުއްޔާއި ޖޫރިމަނާގެ ތަފްސީލުތައް

އެކަމާ ގުޅިގެން ކުންފުނީގެ ޤަރާރުން ފާސްކޮށްފައިވާ މޯރގޭޖް ޕޮލިސީގައި "ނޯ އޮބްޖެކްޝަން" ދިނުމުގައި އަމަލުކުރާ އުސޫލު އިސްލާހު ކުރުމަށާއި، ކުރިއަށް އޮތް ތަނުގައި އެފަދަ އެއްބަސްވުންތައް ހަދާއިރު އެޗްޑީސީގެ ހައްޤުތައް ރައްކާތެރި ކުރެވޭނެ ގޮތަށް އެއްބަސްވުންތައް އެކުލަވާލުމަށް އޭސީސީން ވަނީ އެ ކުންފުންޏަށް އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް