Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 12:54
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަޖިލީހުގެ ރައީސް އާޢި ބައްދަލުކުރައްވަނީ
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަޖިލީހުގެ ރައީސް އާޢި ބައްދަލުކުރައްވަނީ
ޓްވިޓަރ
އިންޑިޔާގެ ސަފީރު
އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަރިހަށް ޒިޔާރަތް ކުރައްވައިފި
އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މަޖިލީހުގައި ތަގްރީރް ކުރެއްވުމަށް މަޖިލީހުން ވަނީ ފާސްކޮށްފައި

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ސަންޖޭ ސުދީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މަޖިލީހަށް ވަޑައިގެން ދެއްވުމަށް ދައުވަތު އެރުވުމަށް ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

Advertisement

އންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ ހަތްވަނަ ދުވަހު ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަޖިލީހުގައި އެ މަނިކުފާނު ތަގްރީރް ކުރައްވާނެ ދުވަހެއް އަދި މަޖިލީހުން ހާމައެއް ނުކުރެއެވެ. މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މޯދީ މަޖިލީހުގައި ތަގްރީރްކުރައްވާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް