Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 12:31
މިނިސްޓަރު ޝާހިދު ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާއެކު
މިނިސްޓަރު ޝާހިދު ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާއެކު
ފޮރިން މިނިސްޓްރީ
މިނިސްޓަރު ޝާހިދު
މިނިސްޓަރު ޝާހިދު ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި
ރޮހިންގާ މުސްލިމުންނަށް ވެދިން އެހީ ފާހަގަކުރެއްވި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ.އޭ.ކޭ އަބްދުލް މޮމެންއާ ބައްދަލު ކުރައްވައިފިއެވެ.

14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގައި ބައިވެރިވަޑައިގަތުމަށް މައްކާއަށް ކުރެއްވި މިދަތުރުފުޅުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވީ ބުދަ ދުވަހުއެވެ.

Advertisement

މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުންނާއި، އެކުގައި ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ރޮހިންގާ މުސްލިމުންނަށް ރާއްޖެއިން ވެދިން އެހީ ފާހަގަކޮށް އެކަމަށް މިނިސްޓަރު ޑރ.އަބްދުލް މޮމެން ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ރޮހިންގާ މުސްލިމުން ދިރިއުޅޭ ރާޚައިން ސްޓޭޓަށް މިޔަންމާ ސިފައިންނާއި ބުދިސްޓުން އަރައި، މުސްލިމުން ކަތިލައި، ދިރިތިއްބާ އަންދައި އަދި މުސްލިމުންގެ އަވަށްތަކުގައި ހުޅުޖަހާ ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން މިލިއަނަށް ވުރެ ގިނަ މުސްލިމުން ފިލައިގެން އަވަށްޓެރި ބަންގްލަދޭޝްއަށް އެތެރެވެފައި ވެއެވެ. އަދި ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ފަންޑު ހޯދުމަށް ޚާއްސަ ޓެލެތޯންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް