Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 08:01
އޮއްތޮ އެކްސިޑެންޓަށްފަހު އޭނާ އަށް ފަރުވާދިން ޓީމާ އެކު: އެކްސިޑެންޓަށް ފަހު އެ ޒުވާނާ ވަނީ ނުކުޅެދޭ ހާލަތަށް ގޮސްފައި
އޮއްތޮ އެކްސިޑެންޓަށްފަހު އޭނާ އަށް ފަރުވާދިން ޓީމާ އެކު: އެކްސިޑެންޓަށް ފަހު އެ ޒުވާނާ ވަނީ ނުކުޅެދޭ ހާލަތަށް ގޮސްފައި
ސޯޝަލް މީޑިއާ
ނުރައްކާތެރި އެކްސިޑެންޓް
އޮއްތޮގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ޝަރީއަތް މިއަދު ފަށަނީ
އޮއްތޮ ވަނީ ހިނގުމުން މަހުރޫމްވެފައި
ޝަރީއަތް ފަށަނީ އެއް އަހަރު ފަހުން

މީގެ އެއް އަހަރު ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ނުކުޅެދޭ ހާލަތެއް މެދުވެރިވެފައިވާ އުމަރު ސަލީމް (އޮއްތޮ)ގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

Advertisement

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބުދަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބާރު ސްޕީޑްގައި ދުއްވި ސައިކަލަކުން ޖެހި އެކްސިޑެންޓްވެ ބޮޑެތި އަނިޔާތަކެއް ލިބުނު އުމަރު ސަލީމު މައްސަލާގެ ފުރަތަމަ އަޑު އެހުން ބުރާސްފަތި ދުވަހު ހުޅުމާލޭގެ ކޯޓުގައި ފެށިގެންދާނެ ކަމަށެވެ. އަދި އޮއްތޮއަށް ނުހިނގޭކަން ކަން ކޮމިޝަނަރ ވަނީ ފާހަގަކޮށްފައެވެ.

އުމުރުން 33 އަހަރުގެ އޮއްތޮގެ ގައިގައި ސައިކަލުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ، ގުޅިގެން އޮއްތޮއަށް ހިނގާބިނގާވެ އުޅުމާއި ވާހަކަ ދެއްކުމުން ވަނީ މަހްރޫމްވެފައެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ހުޅުމާލޭގައި މި އެކްސިޑެންޓް ހިނގީ ކޮންޓްރޯލެއް ނެތި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން އޮއްތު ދުއްވާފައި ދިޔަ ސައިކަލުގައި ޖެހިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް