އިންސާނީ ވަގުވިޔަފާރިއަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ރާއްޖެއިން ފުރަން އުޅުނު ބިދޭސީއަކު ހިފަހައްޓައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ވަގުވިޔަފާރިއަށް ތުހުމަތު ކުރެވޭ ކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖެއިން ފުރަން އުޅުނު ބިދޭސީއަކު ހިފަހައްޓައި، ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ބިދޭސީމީހާ ހިފެހެއްޓީ ދެމަފިރިންގެ ގޮތުގައި ޗުއްޓީ ހޭދަކުރަން ކަމަށް ބުނެ އޮޅުވާލައިގެން އަންހެނަކާއެކު ރާއްޖެ އެތެރެވުމަށްފަހު އަބިމީހާ ކަމުގައި ބުނި އަންހެން މީހާ ރާއްޖެއަށް ދޫކޮށްލައި އޭނާގެ ފާސްޕޯޓު ހިފައިގެން ފުރަން އުޅުމުން ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ބިދޭސީ ފިރިހެން މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.