ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުން އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހު ވެސް ކުރިއަށްދާނެ ކަމަށް އިސްލާމީކް މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން ބުނީ ފައިސާއިން ޒަކާތް ބަލައިގަތުން ޖޫން މަހުގެ 1 ވަނަ ދުވަހުގެ 09:00 އިން 14:00 އަށް ކުރިއަށް ދާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް ދައްކަން ޖެހޭނީ 15 ރުފިޔާ ކަމަށާއި ތައިލެންޑް ހުދު ހަނޑުލުންނަމަ މީހަކަށް ދައްކަން ޖެހޭނީ 45 ރުފިޔާ ކަމަށެވެ. އަދި ބާސްމަތި ހަނޑުލުން 95 ރުފިޔާ ދައްކަން ޖެހޭއިރު ރަތް ހަނޑުލުން ނަމަ ދައްކަން ޖެހޭނީ މީހަކަށް 75 ރުފިޔާ ކަމަށެވެ.
މީގެ އިތުރުން ވެސް ގޮދަން ފުށުން ޒަކާތް ދައްކާނަމަ އާދައިގެ ފުށުން ބޮލަކަށް 15 ރުފިޔާ ދައްކަން ޖެހޭއިރު އާޓާފުށުން ނަމަ ދައްކަން ޖެހޭނީ 60 ރުފިޔާ ކަމަށެވެ.
މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 3313،598 ( ތިން މިލިއަން ތިންސަތޭކަ ތޭރަހާސް ފައްސަތޭކަ ނުވަދިހަ އަށް ) ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މާލޭގައި ޒަކާތް ބަލައިގަންނަމުން ގެންދާނީ އިސްލާމިކް މަރުކަޒުގައި ޤާއިމުކޮށްފައި ހުންނަ ކައުންޓަރުންތަކުންނެވެ. ހުޅުމާލޭގައި ޒަކާތް ބަލައިގަންނާނީ އެ އަވަށު ކޮމިއުނިޓީ ސެންޓަރުން ކަމަށާއި، ވިލި މާލޭގައި ޒަކާތް ބަލައިގަންނާނީ ވިލިމާލޭ ޔުނިޓުން ކަމަށެވެ. އަދި ރަށްރަށުގައި ޒަކާތް ބަލައިގަންނަނީ އެ ރަށެއްގެ ކައުންސިލުން ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން ފެށިގެން މެންދުރު 1 ޖެހުމާ ހަމައަށް ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.