Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 23:50
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް
މަޖިލިސް
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރަކަށް ޤާސިމް، ނައިބް ލީޑަރަކަށް ނާޒިމް
ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގައި ތިއްބަވާނީ ޖުމްލަ 5 މެމްބަރުން

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް ޤާސިމް އިބްރާހިމް ހަމަޖައްސަވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގައި ތިއްބަވާނީ ޖުމްލަ 5 މެމްބަރުންނެވެ.

Advertisement

އެ ޕާޓީން ބުނީ ޕާޓީގެ ޕީޖީ ލީޑަރަކަށް ޤާސިމް ހަމަޖެއްސިއިރު، ޕާޓީގެ ޕީޖީގެ ނައިބް ލީޑަރަކަށް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހަމަޖައްސާފައިވާ ކަމަށެވެ.

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް - އޭނާ ހަމަޖެއްސީ ޕީޖީ ގުރޫޕްގެ ނައިބް ލީޑަރަކަށް

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރުގެ މަސައްކަތްތައް ކުރިއަށްދިޔައިރު އެ ޕާޓީގެ ޕީޖީ ލީޑަރަކަށް ހުންނެވީ އެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ. ރިޔާޒް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ ތިމަރަފުށި ދާއިރާއަށެވެ.

މަޖިލީހުގައި ޕާޓީތައް ތަމްސީލްކުރާގޮތް:

  • އެމްޑީޕީ - 65 މެމްބަރުން
  • ޖުމްހޫރީ ޕާޓީ - 05 މެމްބަރުން
  • ޕީޕީއެމް - 05 މެމްބަރުން
  • ޕީއެންސީ - 03 މެމްބަރުން
  • އެމްޑީއޭ - 02 މެމްބަރުން
  • އަމިއްލަގޮތުން - 7 މެމްބަރުން

ޤާސިމް އިބްރާހިމް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް ޤާސިމަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާންޖެހިވަޑައިގެންނެވިއިރު، ލިބިވަޑައިގެންނެވީ ޖުމްލަ 17 ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
30 މެއި 2019 | ބުރާސްފަތި 09:51
ތަކުރު
އަލީހުަސައިންމެން ވީ ގުރުބާނީގެ އަގަކީ މިއީބާ؟
30 މެއި 2019 | ބުރާސްފަތި 09:17
އިސްމާލް
އަދިވެސް މީނާގެ ޤާބިލްކަން އެގޭވަރެއް ނުވޭ، ދެން ދުރުވާންވީނު، ކޮންމެ ފަހަރަކު ރައީސްކަމަށް ކުރިމަތިލާ އެކުރާ ހަރަދު އާއްމު ރައްޔިތުންއަށް ހަރަދުކުރަން މާރަގަޅުވާނެ.