Advertisement
ކ. މާލެ
|
30 މެއި 2019 | ބުރާސްފަތި 09:08
ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ބަންޑާރަ ނައިބާއެކު
ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ބަންޑާރަ ނައިބާއެކު
ޓްވިޓަރ
ޝަރުއީ ދައިރާ
ޖުޑީޝަރީ އިސްލާހްކުރުމަށް ވަޑައިގެން އުޅުއްވާ ކޮންސަލްޓެންޓް، ރައީސް ނަޝީދާއިއެކު ޖޭއެސްސީގެ މެމްބަރުންނާއި ބައްދަލުކުރައްވައިިފި
ޖަސްޓިސް ޔޮހާން ކްރީގްލަރ އެދިލެއްވި ހުރިހާ މައުލޫމާތެއް ޖޭއެސްސީގެ މެމްބަރުން ހިއްސާކުރެއްވި

ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި އައްޔަންކުރެއްވި ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކު ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައެއް މެމްބަރުންނާއި ބައްދަލުކުރައްވައިފި އެވެ.

ޔޮހާން ކްރީގްލަރ އާއިއެކު ބުދަ ދުވަހު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ޖޭއެސްސީގެ މެމްބަރުންނާއި، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ އެ ބައްދަލުވުމުގައި ޝަރުއީ ދާއިރާގެ ކަންކަން ކުރިއަށްދާގޮތާއިމެދު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޖޭއެސްސީ ހިނގާ ގޮތުގެ މައުލޫމާތު ވެސް ޖަސްޓިސް ޔޮހާން ކްރީގްލަރއަށް ޖޭއެސްސީގެ މެމްބަރުން އެރުވިކަމަށް ޒަހީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބައްދަލުވުމަކީ ޖަސްޓިސް ޔޮހާން ކްރީގްލަރ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޖޭއެސްސީގެ މެމްބަރުންނާއި ބައްދަލުކުރެއްވުމަށް އެދިވަޑައިގެންނެވުމުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި ޖަސްޓިސް ޔޮހާން ކްރީގްލަރ އެދިލެއްވި ހުރިހާ މައުލޫމާތެއް ޖޭއެސްސީގެ މެމްބަރުން ހިއްސާކުރެއްވި ކަމަށް ޒަހީން ވިދާޅުވި އެވެ.

ވަރަށް ހުޅުވާލެވިފައިވާ މާހައުލެއްގައި މަޝްވަރާތައް ކުރިއަށްދިޔައީ. އެދިވަޑައިގެންނެވި ހުރިހާ މައުލޫމާތެއްވެސް ހިއްސާކުރި

ޝަރުޢީ ދާއިރާގެ ފުރިހަމަ ދިރާސާއެއް ކުރުމަށްޓަކައި އދގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެހީއާއެކު، ބަންޑާރަ ނައިބްގެ އޮފީހުން ވަނީ ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ، ކޮންސަލްޓަންޓެއްގެ ގޮތުގައި ޢައްޔަނުކުރައްވާފައެވެ. ބަންޑާރަ ނައިބްގެ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް ފެށުމުގެ ގޮތުން ޝަރުޢީ ދާއިރާ މިހާރު ބައްޓަން ކުރެވިފައިވާ ގޮތާއި, އެ ދާއިރާ ހިނގަމުންދާ ގޮތުގެ ދިރާސާއެއް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ބުނީ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ މަސައްކަތް ކުރެއްވުމަށްޓަކައި، ސްކޯޕިންގ މިޝަންއަކަށް، މި ހިނގާ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގައި ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތް ކުރެއްވުމަށްވަނީ ހަަމަޖެހިފައި ކަމަށެވެ. އަދި މި ދަތުރުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި، ޝަރުޢީ ދާއިރާގެ މުއައްސަސާތަކާއި، މިނިވަން މުއައްސަސާތަކާއި މަދަނީ ޖަމާޢަތްތަކުގެ އިތުރުން، ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ބުންޏެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ބުނި ގޮތުގައި ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށްޓަކައި ކުރުމަށް ހަަމަޖެހިފައިވާ މި މަސައްކަތުގައި ހިމެނޭ މައިގަނޑު ބައިތަކަކީ، ޝަރުޢީ ދާއިރާއާ ގުޅުންހުރި ޤާނޫނުތަކުގައި އަދި އެ ޤާނޫނުތައް ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާކުރުމާއި، ޝަރުޢީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި، އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖަޢާކުރުމާއި، ފަނޑިޔާރުން ޢައްޔަންކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖަޢާކުރުމާއި، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާގުޅޭ ހުށަހެޅުންތައް ނުވަތަ "ރިކޮމެންޑޭޝަންސް ސަރުކާރަށް ހުށަހެޅުންކަމަށެވެ.

ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރ ހުށަހަޅުއްވާ ފައިނަލް ރިޕޯޓް ބަންޑާރަ އޮފީހާ ހިއްސާކުރުމަށް ހަމަޖެހިފައިވަނީ 29 އޮގަސްޓް 2019 ގެ ނިޔަލަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
30 މެއި 2019 | ބުރާސްފަތި 23:35
އިސްލާމްދީން
އިސްލާމް ދީނުގެ ޤާނޫނުތަކާ ފުށު ނާރާ ގޮތަށް އިސްލާހުވާނެ ކަމާމެދު އުންމީދު ބޮޑު.