Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 22:42
ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓް
ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓް
ޕޮލިސް
އެކްސިޑެންޓް
މާލޭގައި ހިނގި އެކްސިޑެންޓެއްގައި ފިހާރައެއްގެ ބިއްލޫރިގަނޑު ތެޅި ސައިކަލް ފިހާރަތެރެއަށް ވަދެއްޖެ
ސައިކަލް ފަހަތުގައި އިނީ ދިހަ އަހަރުގެ އަންހެން ކުއްޖެއް
އެކުއްޖާގެ އަތް ކަފައިގެން ގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދޭ

ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި ފިހާރައެއްގެ ބިއްލޫރިގަނޑު ތެޅި ފިހާރަ ތެރެއަށް ސައިކަލެއް ވަދެއްޖެއެވެ.

ފުލުހުން ބުނީ ބޮޑު ރަސްގެފާނު މަގުން އިރުން ހުޅަނގަށް އަންހެނަކު ކުޑަކުއްޖެއް ގޮވައިގެން ސައިކަލް ދުއްވާފައި ދަނިކޮށް މަގުމަތިން ދިޔަ ކުޑަ ކުއްޖަކު ސައިކަލް ކުރިމައްޗަށް އެރުމުން އެކުއްޖާ ގައިން ނައްޓާލަން އުޅުމުގެ ތެރޭގައި ކައިރީގައި ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ސައިކަލްޖެހި ބިއްލޫރިގަނޑު ތަޅައިގެންގޮސް ފިހާރަތެރެއަށް ސައިކަލް ވެދެފައިވާ ކަމަށް ބުދަ ދުވަހުގެ ރޭ 20:35 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން އަންހެން މީހާ ހޭނެތިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އޭނާ ހޭނެތުނީ ލޭފެނިގެން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވެއެވެ.

އަދި އެއަންހެން މީހާއަށް އިތުރު އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ސައިކަލް ފަހަތުގައި އިނީ ދިހަ އަހަރުގެ އަންހެން ކުއްޖެއް ކަމާއި އެކުއްޖާގެ އަތް ކަފައިގެން ގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ 34 އަހަރުގެ އަންހެނެއް ކަމަށާއި އޭނާގެ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް