Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 23:48
އެކްސިޑެންޓްވި ސައިކަލު
އެކްސިޑެންޓްވި ސައިކަލު
ރާއްޖެއެމްވީ
އެކްސިޑެންޓް
ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި މީހަކަށް ބޮޑެތި އަނިޔާ ތަކެއް ލިބިއްޖެ
ފައިގެ ކަށިމައްޗަށް އަނެއް ސައިކަލުގެ ބައެއް ވަދެފައިވޭ

ސެނަހިޔާ ކައިރިން ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި މީހަކަށް ބޮޑެތި އަނިޔާ ތަކެއް ލިބިއްޖެއެެވެ.

ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބުދަ ދުވަހުގެ ހަވީރު ހިނގި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސެނަހިޔާ ކައިރިން ސައިކަލު އަނބުރާލި ވަގުތު ކުރިމަތިން އައި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އަނބުރާލި ސައިކަލުގައި ޖެހިގެން ކަމަށެވެ.

މިހާދިސާގައި އަބުރާލި ސައިކަލުގައި އިން ފިރހެން މީހާގެ ފައިގެ ކަށިމައްޗަށް އަނެއް ސައިކަލުގެ ބުރަކީގެ ބައެއް ވަދެ ފުންކޮށް ކަނޑައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

އަދި އަނެއް ސައިކަލު ދުއްވަން އިނީ އަންހެނެއްކަމަށާއި އޭނާއަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.

އަނިޔާ ލިބިފައިވާ މީހާ ހޮސްޕިޓަލަށް ގެން ގޮސް ފަރުވާ ދިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރަމަޟާންމަހު އެކްސިޑެންޓު ހިނގުން އާންމުވެފައިވާއިރު، މި މަހުގެ ތެރޭގައި އެކަނި ވެސް ހިނގި އެކްސިޑެންޓުތަކުގެ އަދަދު ވަނީ 61 އަށް އަރާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް