Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 22:34
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން
ޝުއައިބް މުހައްމަދު އިގްބާލް
ފެނުގެ ނނިޒާމް ގާއިމް ކުރުން
ދަރަވަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފި
މި ޕްރޮޖެކްޓްގެ ދަށުން ތިން ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރެވޭނެ
ފެނުގެ ނިޒާމް ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑާ

ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް)ގެ ހިލޭ އެހީގެ ދަށުން ބ. ދަރަވަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ބ. ދަރަވަންދޫ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކުރިޔަށްގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑް އިންނެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް އެ ކުންފުންޏާއި ޙަވާލުކުރެވިފައިވަނީ 01 ނޮވެންބަރު 2018 ގައެވެ.

Advertisement

މި މަޝްރޫޢުގެ ދަށުން ބ.ދަރަވަންދޫގައި ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައި ދިނުމުގެ މަސައްކަތް ކުރެވިގެން ދާނެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކެނޭޑިއަން ކްރިސްޓަލައިން އާ ޙަވާލުކުރެވިފައި ވަނީ 29,170,066.22ރ. (ނަވާވީސް މިލިއަން އެއްސަތޭކަ ހަތްދިހަ ހާސް ފަސްދޮޅަސް ހަ ރުފިޔާ ބާވީސް ލާރި) އަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ބ. ދަރަވަންދޫގެ އެންމެހައި ރައްޔިތުންނަށް ސާފު ބޯފެނުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ދަރަވަންދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ އިތުރުން ރ.މަޑުއްވަރީ، ހދ. ނޮޅިވަރަންފަރުގެ އިތުރުން ށ. ފޯކައިދޫގައި ފެނުގެ ނިޒާމު ޤާއިމްކުރުމަށް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ޤާއިމުކޮށް، ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާއިރު އޭގެ ތެރޭގައި ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރ އާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވުމާއި، މި ދާއިރާއާއި ގުޅުންހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުން ހިމެނެއެވެ.

މުޅި މަޝްރޫޢަށް ޖީ.ސީ.އެފް އިން ޚަރަދުކުރުމަށް ހަމަޖެހިފައިވާ 23,636,364.00 (ތޭވީސް މިލިއަން ހަސަތޭކަ ތިރީސް ހަ ހާސް ތިން ސަތޭކަ ފަސްދޮޅަސް ހަތަރު ޔޫ.އެސް ޑޮލަރު) އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
30 މެއި 2019 | ބުރާސްފަތި 01:26
ކަރުކެހި
މީގެއިތުރުން ނަރުދަމާ އަޅާފަ ބާކީ ވާނެކަން ކަށަވަރު ކޮބާ ތޯ ނަރުދަމާގެ ނިޒާމު ވަރައްމުހިންމު ފަތުރުވެރިކަމުގެ ސިނާޔަތުން ފުރިގެން އަންނާތީވެ ނަރުދަމާގެ ނިޒާމުވަރައް މުހިންމު