Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 18:14
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ރޯ ހައުސެއް --
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ރޯ ހައުސެއް --
ގޫގުލް
ހުޅުމާލެ
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން
ކުއްޖާގެ ބޭރުފުށުން މާބޮޑު އަނިޔާއެއް ފެންނާކަށް ނެތް

ހުޅުމާލެ ރޯ ހައުސެއްގެ ފުރަތަމަ ފަންގިފިލާގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ އެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު 10:00 ޖަހާއެހާކަންހާއިރު ހުޅުމާލެ ރޯ ހައުސެއްގެ ބެލްކަނިން ހަތަރު އަހަރުގެ ކުއްޖަކު ވެއްޓިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

 

އޮފިޝަލް ވިދާޅުވީ އެ ކުއްޖާގެ ބޭރުފުށުން މާބޮޑު އަނިޔާއެއް ނެތް ކަމަށާއި ނަމަވެސް އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެކުއްޖާގެ ޓެސްޓްތައް ހަދަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

 

މި މައްސަލައާބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި މިހާދިސާގައި މައުލޫމާތު ހުޅުމާލެ ހޮސްޕިޓަލުން ވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް