Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 17:55
މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭ ދުވަހެއް
މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭ ދުވަހެއް
ޝުއައިބް މުހައްމަދު އިގްބާލް
މޫސުން
ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ
މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފަ
މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ
ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނަށް ވައި ގަދަވާނެ

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެޙޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޭޓް އޮފީހުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭއިރު އެހެން އަތޮޅުތަކުގައި ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާއި ބެހޭ އިދާރައިން ބުނެއެވެ.

މެދުރާއްޖެތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވެ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވާއިރު ބައެއް ރަށްތަކުގެ ގެތަކަށާއި ހިފާ ގެންގުޅޭ އެއްޗިއްސަށް ގެއްލުން ވެފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

Advertisement

މީގެ އިތުރުން ރޭ ފަތިހުން ފެށިގެން މަކުނުދޫއަށް ވިއްސާރަކުރަމުން ދާއިރު ފުލުހުން ވިދާޅުވީ، އެރަށަށް ވިއްސާރަވެ، ވައިގަދަވުމުގެ ސަބަބުން އެ ރަށުގެ ދެގެއެއްގެ ފުރާޅުގެ ޓިނުތައް ވަޔާ އުކާލާފައިވާ ކަމަށެވެ.

އަދި އެރަށުގެ ސްކޫލުގެ ފާރުމައްޗަށް ގަހެއް ވެއްޓިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވައިރު މި ހާދިސާތަކާ ގުޅިގެން ފުލުހުން އެރަށަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފުލުހުން މައުލޫމާތު ދެއެވެ.

އަދި ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ބައެއް ސަރަހައްދު ތަކުގެ މޫސުން ރަނގަޅު ނުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް