Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 17:57
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
19 ވަނަ ރައްޔިތުން މަޖިލިސް
މަޖިލީހަކީ އިންސާފުވެރި ނަޒާހާތްތެރި މަޖިލީހަކަށް ވެގެންދާނެ: މަޖިލިސް ރައީސް
މަޖިލީހަކީ ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރާ އެންމެ މަތީ ގެއަށް ވެގެންދާނެ ކަމަށް ވިދާޅުވި

ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހަކީ ރައްޔިތުން އުއްމީދު ކުރާފަދަ އިންސާފުވެރި ނަޒާހާތަތެރި މަޖިލީހަކަށް ވެގެންދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ ޤާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރާ ރައްޔިތުންގެ އެންމެ މަތީ ގެއަށް ވެގެންދާނެ ކަމަށެވެ.

Advertisement

ރައީސް ނަޝީދު ވަނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމދު ސާލިޚަށާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ވަޑައިގެންނެވީ ނިމިދިޔަ 18 ވަނަ މަޖިލީހުގެ ރައީސް، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.

މަޖިލީހުގެ ރައީސް ހޮވުމަށް ނެގި ވޯޓުގައި ރައީސް ނަޝީދަށް 67 ވޯޓު ލިބިވަޑައިގެންނެވި އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ލިބިވަޑައިގެންނެވީ 17 ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް