Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 13:51
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މޯދީ މަޖިލީހުގައި ތަގުރީރު ކުރައްވަން ދައުވަތު ދޭން ފާސްކޮށްފި
އެގޮތަށް ފާސްކުރީ 80 މެމްބަރުންގެ އިއްތިފާގުން

އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ނަރެންދުރަ މޯދީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް އިންޑިއާ އިން ބޭރަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ދައުވަތު ދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި މޯދި ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމަނިކުފާނަށް ދައުވަތު ދިނުމާ މެދު، ގޮތެއް ނިންމުމަށް ނެގި ވޯޓުގައި 80 މެމްބަރުން އިއްތިފާގުވެވަޑައިގެންނެވީ އެގޮތަށް ފެންނަ ކަމަށެވެ. އެ ވޯޓާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.

Advertisement

މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމާ މެދު މެމްބަރުންގެ ހިޔާލަށް ހުޅުވާލި ފުރުސަތުގައި 30 އަށް ވުރެ ގިނަ މެމްބަރުން ފުރުސަތަށް އެދިވަޑައިގެންނެވިއެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން އެކަމަށް ތާއިދު ކުރައްވައި ވާހަކަފުޅު ދެއްކެވިއިރު، ޕާޓީތަކުގެ އިސް ބޭފުޅުންގެ ތެރޭގައި މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުގެ އިތުރުން އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު ވެސް މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ތާއިދު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް