Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 15:14
އިސްލާމިކް މިނިސްޓްރީގެ ޕީއެސް މުސްއަބު
އިސްލާމިކް މިނިސްޓްރީގެ ޕީއެސް މުސްއަބު
ޝުއައިބް މުހައްމަދު އިގްބާލް
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީގެ ޕީއެސް މުސްއަބު ސަސްޕެންޑް ކޮށްފި
މުސްއަބު ސަސްޕެންޑް ކޮށްފައިވަނީ މުސާރަ ލިބޭ ގޮތަށް

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓަރީ މުސްއަބު އަބްދުﷲ ސަސްޕެންޑުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު އަލީ ރާއްޖެއެމްވީއަށް ވިދާޅުވީ ސިވިލް ސަރވިސް ކަމިޝަން (ސީއެސްސީ) އިން އެމިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އެއް މަސް ދުވަހަށް މުސްއަބު ސަސްޕެންޑް ކޮށްފައިވާ ކަން އަންގާފައި ވާކަމަށެވެ.

Advertisement

މުސްއަބު ސަސްޕެންޑް ކޮށްފައި ވަނީ މުސާރަ ލިބޭ ގޮތަށެވެ.

ސީއެސްސީއިން މިއަދު 11:50 ހާއިރު އަޅުގަނޑުމެންނަށް ފޮނުވި ސިޓީއެއްގައި ވަނީ މުސްއަބު ސަސްޕެންޑް ކޮށްފައިވާ ކަމަށް. ސަސްޕެންޑް ކޮށްފައިވަނީ 30 ދުވަހަށް މުސާރަ ލިބޭ ގޮތަށް،"

ސީއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމްޒުހުރީ ވިދާޅުވީ އެކަމިޝަނަށް ހުށައެޅިފައިވާ މައްސަލައަކާ ގުޅިގެންމުސްއަބުސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ އެކަމިޝަނަށް ހުށައެޅި މައްސަލައިގެ ގޮތުން ކަމަށް ވިދާޅުވިއެވެ. މައްސަލަ ބަލަމުންދާތީ އެކަމާ ބެހޭ ތަފްސީލެއް ވިދާޅެއް ނުވިއެވެ.

ޕީއެސްގެ މަގާމަށް މުސްއަބު އައްޔަން ކޮށްފައި ވަނީ މިދިޔަ ސަރުކާރުންނެވެ. އޭނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީއެސްސީއިން ބަލަމުންދަނީ މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީ އިން ކުންފުނިތަކަށް ހުއްދަ ދިން ގޮތާ ގުޅޭ ގޮތުން ހުށައަޅާފައިވާ މައްސަލައެކެވެ.

ބެލެވޭ ގޮތުގައި މުސްއަބު ސަސްޕެންޑް ކޮށްފައި ވަނީ އޭނާއަކީ އިސްލާމިކް މިނިސްޓްރީގެ ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުންނެވި ފަރާތަށް ކަމަށް ވުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
29 މެއި 2019 | ބުދަ 16:37
ައަހުމަދު
ވައްކަން ކުރީމަ ވާނީ ތިހެން