Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 14:24
ނޮވެލްޓީ ކުރިމައްޗަށް ގޮފިގަނޑެއް ވެއްޓި މީހަކަށް ވަނީ އަނިޔާވެފައި
ނޮވެލްޓީ ކުރިމައްޗަށް ގޮފިގަނޑެއް ވެއްޓި މީހަކަށް ވަނީ އަނިޔާވެފައި
ޕޮލިސް
ގަހަކުން ގޮފިގަނޑެއް ވެއްޓުން
ގަހަކުން ގޮފިގަނޑެއް ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެ
މިހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ މެންދުރު 11:57 ހާއިރު
ގޮފިގަނޑު ވެއްޓިފައިވަނީ ނޮވެލްޓީ ބުކްޝޮޕް ކުރިމައްޗަށް

ފަރީދީމަގުގައި ހުރި ގަހަކުން ގޮފިގަނޑެއް ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހުގެ މެންދުރު 11:57 ހާއިރު ކަމަށާއި، ގޮފިގަނޑު ވެއްޓިފައި ވަނީ ނޮވެލްޓީ ބުކްޝޮޕް ކުރިމައްޗަށް ކަމަށެވެ. އަދި ވެއްޓުނު ވަގުތު އެ ތާނގައި ހުރި ބިދޭސީއެއްގެ ގައިގައި ޖެހި އޭނާއަށް އަނިޔާވެފައިވާ ކަަމަށާއި، އެ މީހާ އައިޖީއެމްއެޗަށް ގެންދެވިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

Advertisement

ފުލުހުން އިތުރަށް ބުނީ، ގޮފިގަނޑު ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ސައިކަލުތަކަށް ވެސް ކޮންމެސް ވަރަކަަށް ގެއްލުންވެފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގެ ރަށްރަށަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން މިފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވާއިރު، ދާދި ފަހުން ވެސް ވަނީ ގެއެއްގެ ކުޑަ ދޮރެއް ވެއްޓި މީހަކަށް އަނިޔާވެފައެވެ. އަދި އެފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައި ވާތީ ފުލުހުން ވެސް ވަނީ އެކަމަށް ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ގޭގެ ކުޑަދޮރުތައް ރަނގަޅަށް ލައްޕައި، ބެލްކަނީގަ އާއި މަގުމައްޗަށްވާ ގޮތަށް ހުންނަ ގަސްމުށި ފަދަ ތަކެއްޗާ މެދު ސަމާލު ވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް