Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 13:44
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން
މަޖިލިސް
ރައްޔިތުންގެ މަޖިލީސް
ޖޭއެސްސީ އަށް ހިސާން އައްޔަން ކުރުމަށް ފާސްކޮށްފި
މަޖިލީހަށް ހިސާންގެ ނަން ހުށައަޅާފައި ވަނީ މަރަދޫ ދާއިރާގެ މެމްބަރު
81 މެންބަރުން ވަނީ ހިސާން އަށް ވޯޓު ދެއްވާފައި
މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ވެސް ޖޭއެސްސީގައި އިންނަވާނެ

ޖުޑީޝަލް ސަރވިސް ކަމިޝަން (ޖޭއެސްސީ) އަށް މަޖިލީހުން ކަނޑައަޅާ މެންބަރަކަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ނަން މަޖިލީހުން ފާސްކޮށްފިއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތާއިދުކުރައްވައި ހުށަހެޅުއްވި ހިސާންގެ ނަން ފާސްކޮށްފައި ވަނީ 81 މެންބަރުގެ ތާއީދާ އެކުއެވެ.

އިނގިރޭސިވިލާތުގައި ގާނޫނީ ދާއިރާއިން އިން 2005ގައި މާސްޓާސް ފުރިހަމަކުރައްވުމަށް ފަހު ފުރަތަމަ ވަޒީފާ އަދާކުރެއްވީ އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. އެ އޮފީހުން 2007 ވަނަ އަހަރު ވަކިވެވަޑައިގަތުމަށް ފަހު އަމިއްލަ ލޯ ފާމެއްގައި އުފައްދަވައި މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީކަން ހިސާން އަދާކުރެއްވެވި އެވެ.

ރައީސް ނަޝީދު ހައްޔަރުކުރުމުން، އެމަނިކުފާނު މިނިވަންވުމާ ހަމައަށް ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވައިގެން ހިސާން މަސައްކަތް ކުރެއްވެވި އެވެ. އަދި ކުރީގެ ރައީސް ޔާމީން ވެރިކަމުގައި ހައްޔަރުކުރި ސިޔާސީ ލީޑަރުންގެ ދިފާއުގައި ވެސް ހިސާން ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވެވިއެވެ.

Advertisement

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ހުވާ ކުރެއްވުމަށް ފަހު މަޖިލީހުގެ ރައީސްކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ 67 މެމްބަރުންގެ ވޯޓާއެކު އައްޔަން ކުރައްވާފައެވެ. އަދި އަންގާރަ ދުވަހުގެ ރޭ ރައީސް ނަޝީދު ވަނީ ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރައްވާފައެވެ.

ޖޭއެސްސީގައި ތިއްބަވާނީ މަޖިލީހުގެ ރައީސާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކާއި، ބަންޑާރަ ނައިބާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި، އާންމުންގެ ތެރެއިން މެންބަރެއްގެ ގޮތުގައި މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ވަކީލެކެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލިހުން ޖޭއެސްސީއަށް އެންމެ ފަހުން ކަނޑައަޅާފައި ހުންނެވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް