Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 14:31
މާފުށި ޖަލު
މާފުށި ޖަލު
ގޫގުލް
ޖަލު އޮޑިޓް ރިޕޯޓް
ޖަލު އޮޑިޓްގައި ހަޤީޤަތާ ޚިލާފު މަޢުލޫމާތު އެބަހުރި: އެޗްއާރްސީއެމް
އެޗްއާރްސީއެމުން ފޯރުކޮށްދީފައިވާ މައުލޫމާތާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ނޫން
ގިނަަ ކަންތައްތަކެއް ތަންފީޒު ކުރުމުގެ މަސައްކަތް ކުރާ ކަމަށް އެޗްއާރްސީއެމުން ބުނި

ކޮމިޝަން ފޮރ ޕްރިޒަންސް އޯޑިޓްއިން ތައްޔާރުކޮށް އަންގާރަ ދުވަހު މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ޢާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓު 2019" އަކީ، އެ ރިޕޯޓް އެކުލަވާލުމަށް އެޗްއާރްސީއެމް އިން ކޮމިޝަން ފޮރ ޕްރިޒަންސް އޯޑިޓްއަށް ފޯރުކޮށްދީފައިވާ މަޢުލޫމާތުތަކަށް ރިޔާޢަތްކުރުމެއް ނެތި، ހަޤީޤަތާ ޚިލާފު މަޢުލޫމާތު ހިމަނައިގެން ނެރެފައިވާ ޒިންމާދާރުކަން ކުޑަ ރިޕޯޓެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އަންގާރަ ދުވަހު އާއްމު ކުރި ޖަލު ރިޕޯޓްގައި ޖަލުތަކުގައި ހުރި މައްސަލަތަކާއި، ހޯދުނު ހޯދުންތައް ތަފްޞީލްކޮށް ރިޕޯރޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުން ފަދަ ކަންތައްތައް ހިމެނެއެވެ.

Advertisement

އެޗްއާރްސީއެމުން ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނީ، ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި، (އެންޓި-ޓޯޗަރ ޤާނޫނު 2013)ގެ ދަށުން އެ ކޮމިޝަނުން ބަލަމުންދާ ޓޯޗަރގެ މައްސަލަތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި މިނިވަންކަން ގެއްލޭ ގޮތަށް ބަންދުގައި ތިބޭ މީހުންގެ އެންމެހާ ޙައްޤުތައް ކަށަވަރުކުރުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތާއި، އެ ރިޕޯޓް އެކުލަވައިލުމަށް އެ ކޮމިޝަނުން ފޯރުކޮށްދީފައިވާ މައުލޫމާތުތަކަށް ރިޔާއަތް ކުރުމެއް ނެތި ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ކަން ހިތާމައާ އެކު ފާހަގަ ކުރާ ކަމަށެވެ.

އެ ރިޕޯޓުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ރަނގަޅުކުރުމަށް ހުށަހަޅާފައިވާ ގިނަ ހުށައެޅުންތަކަކީ ހިއުމަން ރައިޓްސް ކޮމިޝަނުން އެކި ފަހަރު މަތިން އެ އިދާރާތަކަށް ހުށަހަޅައި، އެކަންކަން ތަންފީޛުކުރުމަށް އެތަކެއް މަސައްކަތްތަކެއް ކޮށްފައިވާ ހުށައެޅުންތަކެއް ކަމަށް ވަނީ ފާހަގަ ކޮށްފައެވެ. އަދި މިހާރު ވެސް އެ ހުށަހެޅުންތައް ތަންފީޛުކުރުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންދާ ހުށަހެޅުންތަކެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
29 މެއި 2019 | ބުދަ 16:40
މުހައްމަދު
އެޗްއާރސީއެމްގަ ތިބި 5 މެންބަރުންނަކީ މި ޤައުމަށް ހުރި ހުތުރެއް. ތި 5 މީހުން ބޭރުކުރުން މިހާރުވެސް ލަސްވެފައި.