Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 12:04
މަޖިލީހުގެ ދެ ވަނަ ޖަލްސާގައި އަސްލަމް ވާހަކަފުޅު ދައްކަވަނީ
މަޖިލީހުގެ ދެ ވަނަ ޖަލްސާގައި އަސްލަމް ވާހަކަފުޅު ދައްކަވަނީ
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މެމްބަރުން ތާއިދު ކުރައްވައިފި
ޕީޕީއެމާއި ޕީއެންސީ އާއި ޖޭޕީގެ އިތުރުން އެމްޑީއޭ ވެސް ތާއިދު

ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މަޖިލީހުގެ މެމްބަރުން ތާއިދު ކުރައްވައި، ވާހަކަފުޅު ދައްކަވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި މޯދި ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މެމްބަރުންގެ އިޒުނައަށް އެދި މަޖިލީހުގެ ރިޔާސަތުން ހުށަހެޅުއްވުމުން، މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ ފަރާތުން ވަނީ އެ މައްސަލަގައި ވާހަކަ ދައްކާފައެވެ.

މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމާ މެދު މެމްބަރުންގެ ހިޔާލަށް ހުޅުވާލި ފުރުސަތުގައި 30 އަށް ވުރެ ގިނަ މެމްބަރުން ފުރުސަތަށް އެދިވަޑައިގެންނެވިއެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން އެކަމަށް ތާއިދު ކުރައްވައި ވާހަކަފުޅު ދެއްކެވިއިރު، ޕާޓީތަކުގެ އިސް ބޭފުޅުންގެ ތެރޭގައި މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުގެ އިތުރުން އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު ވެސް މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ތާއިދު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.

Advertisement

ގާސިމް ވިދާޅުވީ މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެއްވެސް ރައްޔިތަކު ދެކޮޅު ނަހަދާނެ ކަމަށާއި އެމަނިކުފާނު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ތާއިދު ކުރައްވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ދިވެހިންގެ ގާތް އެކުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރަށް އޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ގާތް އެކުވެރިޔާއަށް އަޅުގަނޑުމެން މިތިބީ ވަރަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރަށް ކަމަށް. އެއްވެސް ސަރުކާރެއްގައި އިންޑިއާއާއެކު އޮތް ގުޅުން ހީނަރުވެގެން ނުދޭ." ޝިޔާމް ވިދާޅުވިއެވެ.
މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމާ ގުޅޭ ގޮތުން ހުށަހެޅުއްވި މައްސަލާގައި މަޖިލީހުން ފެންނަ ގޮތެއް ނިންމުމަށްޓަކާ ވޯޓެއް ނެގުމަށް ވަނީ ނިންމާފައެވެ. އެ ވޯޓު ނެގުން އޮންނާނީ މިއަދު މެންދުރުފަހު 1:30ގައެވެ.
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް