Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 11:44
އޯއައިސީގެ ބައްދަލުވުމުގައި ރައީސް ސާލިހު ތަގުރީރުކުރައްވާނެ
އޯއައިސީގެ ބައްދަލުވުމުގައި ރައީސް ސާލިހު ތަގުރީރުކުރައްވާނެ
ރައީސް އޮފީސް
ރައީސް ސާލިހް
އޯއައިސީ ބައްދަލުވުމަށް ރައީސް ސަޢުދީއަށް ފުރާވަޑައިގެންފި
ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 31 ވަނަ ދުވަހު
އޯއައިސީގައި 57 މެމްބަރު ގައުމު ހިމެނޭ
އޯއައިސީގެ ބައްދަލުވުން ބާއްވަމުން އަންނަނީ ކޮންމެ ތިން އަހަރަކުން އެއް އަހަރު

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރަސްމީ ދަތުރުފުޅެއްގައި ބުދަ ދުވަހު ހެނދުނު ސަޢުދީ ޢަރަބިއްޔާއަށް ފުރާ ވަޑައިގަންނަވައިފިއެވެ.

މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހު ސަޢުދީ ޢަރަބިއްޔާގެ މައްކާގައެވެ.

މި ސަމިޓަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ.

މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާބެހޭ ގޮތުން މި ސަމިޓްގައި މަޝްވަރާކުރުމަށް ހަމަޖެހިފައި ވެއެވެ.

Advertisement

މުސްލިމް އުންމަތުގެ އަޑު އިއްވައި ދިނުމަށް 1969 ގައި އުފެދުނު އޯއައިސީގައި 57 މެމްބަރު ގައުމު ހިމެނެއެވެ.

މުސްލިމު އުންމަތަށް އެންމެ މުހިންމު ކަންކަމާމެދު މަޝްވަރާކުރުމަށް އޯއައިސީގެ ބައްދަލުވުން ބާއްވަމުން އަންނަނީ ކޮންމެ ތިން އަހަރަކުން އެއް އަހަރުއެވެ.

އޯއައިސީ ސަމިޓަކީ ސަޢުދީ ޢަރަބިއްޔާއާ އެކު ޚާރިޖީ ގުޅުންތައް ވަރުގަދަކޮށް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއަށް މަގުފަހިވެގެންދާ ފުރުސަތެއް ކަމަށް ދެކޭ ކަމަށް ދިވެހި ސަރުކާރުން ދެކެއެވެ.

މި ސަމިޓުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވަޑައިގަންނަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
29 މެއި 2019 | ބުދަ 13:12
ޡާބެ
ޢަންނާނެބާ!!