Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 11:25
ފޮރިން މިނިސްޓަރު ޝާހިދާއި އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ
ފޮރިން މިނިސްޓަރު ޝާހިދާއި އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ
ފޮރިން މިނިސްޓްރީ
ރާއްޖެ - އިންޑިއާ
100 މިލިއަން ރުފިޔާ އިން އިތުރު ދެ ޕްރޮޖެކްޓެއް އިއުލާންކޮށްފި
ކޮންމެ ރަށެއްގައި ހަ ކްލާސްރޫމް ގާއިމް ކުރަން ހަމަޖެހިފައިވޭ
އިހަވަންދޫގައި އިމަރޖެންސީ މެޑިކަލް ޚިދުމަތް ދިނުމަށް އިންޑީއާ އިން ވަނީ ހިލޭ އެހީދީފައި
ހިލޭ އެހީ ދޭން އެއްބަސްވެފައިވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ކުރެއްވި ދަތުރުފުޅުގައި

އިޖްތިމާއީ އަދި އިޤްތިސާދީ ތަރައްގީ އަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެ އަށް ދީފައިވާ ހިލޭ އެހީގެ ތެރެއިން އިތުރު ދެ ޕްރޮޖެކްޓެއް އިއުލާން ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ އިން ދީފައިވާ 107,068,607.07 ( ސަތޭކަ ހަތް މިލިއަން ފަސްދޮޅަސް އަށް ހާސް ހައްސަތޭކަ ހަތެއް ޕޮއިންޓް ހަތް) ރުފިޔާގެ ހިލޭ އެހީގެ ދަށުން މިފަހަރު ހަރަދުކުރަން ހަމަޖެހިފައި ވަނީ، މިލަދުންމަޑުލު ދެކުނުބުރީ ޅޮހީގަ އާއި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހުގައި 12 ކްލާސްރޫމް (ކޮންމެ ރަށެއްގައި 6 ކްލާސްރޫމް) އެޅުމަށާއި، ހއ. އިހަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ޚިދުމަތް ދިނުމަށް ބޭނުންވާ ތަނެއް ތައްޔާރުކުރުމަށް ކަމަށެވެ.

އެގޮތުން ޅޮހީއާ ކިނޮޅޮހުގައި ސްކޫލު އެޅުމަށް 1،201،056 ( އެއްމިލިއަން ދެލައްކަ އެއްހާސް ފަންސާސް ހަ) ދިވެހި ރުފިޔާ ހަރަދު ކުރަން ވަނީ ހަމަޖެހިފައެެވެ. ރާއްޖޭގެ ސްކޫލްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަކަށް ހެދުމަކީ ސަރުކާރުގެ އެއް ސިޔާސަތެވެ. އެގޮތުން މި ކްލާސްރޫމްތަކަކީ މި ދެ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަށް ހެދުމަށްޓަކައި ބޭނުންވާ އިތުރު ކްލާސްރޫމްތަކެވެ.

Advertisement

ހ.އ. އިހަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ޚިދުމަތް ދިނުމަށް ބޭނުންވާ ތަނެއް ތައްޔާރުކޮށް، އެތަނަށް ބޭނުންވާ ތަކެތި ހޯދާން 7,469,465.89 (ހަތް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަހެއް ޕޮއިންޓް އައްޑިހަ ނުވަ) ހަރަދުކުރަން ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓރީން ބުނީ، މިފަދަ އިމަޖެންސީ ފަރުވާ ދެވޭނެ ގޮތެއް ރާއްޖޭގެ އެކި ކަންކޮޅުގައި ގާއިމުކުރުމުގެ މަޤްޞަދަކީ ކުއްލި ހާލަތުގައި ނުވަތަ ފުރާނައަށް ގެއްލުންވާ ހާލަތްތަކުގައާއި ބަލިތަކުގައާއި އަވަސް ފަރުވާ ބޭނުންވާ ހާލަތްތަކުގައި އެފަދަ ފަރުވާ ލިބޭނެ މަގުފަހިކޮށްދިނުމެވެ.

މި ހިލޭ އެހީތަކަކީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް މާޗް މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ހިލޭ އެހީގެ ގޮތުގައި ދިނުމަށް އެއްބަސްވި ފައިސާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް