Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 11:21
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ހިސާންގެ ނަން ޖޭއެސްސީއަށް ފާސްކުރުމަށް މަޖިލީހަށް ހުށައަޅައިފި
މަޖިލީހަށް ހިސާންގެ ނަން ހުށައަޅާފައި ވަނީ މަރަދޫ ދާއިރާގެ މެމްބަރު

ޖުޑީޝަލް ސަރވިސް ކަމިޝަން (ޖޭއެސްސީ) އަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ނަން ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ހިސާންގެ ނަން މަޖިލީހަށް ހުށައަޅާފައިވަނީ ބުދަ ދުވަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކުރުމަށް ފަހުއެވެ.

މަޖިލީހަށް ހިސާންގެ ނަން ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ. ތާއީދުކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

Advertisement

ބުދަ ދުވަހު ހިސާންގެ ނަން ފާސްކުރަން ފެނޭތޯ ވޯޓަށް އަހާނެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ހުވާ ކުރެއްވުމަށް ފަހު މަޖިލީހުގެ ރައީސްކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ 67 މެމްބަރުންގެ ވޯޓާއެކު އައްޔަން ކުރައްވާފައެވެ. އަދި އަންގާރަ ދުވަހުގެ ރޭ ރައީސް ނަޝީދު ވަނީ ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރައްވާފައެވެ.

ޖޭއެސްސީގައި ތިއްބަވާނީ މަޖިލީހުގެ ރައީސާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކާއި، ބަންޑާރަ ނައިބާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި، އާންމުންގެ ތެރެއިން މެންބަރެއްގެ ގޮތުގައި މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ވަކީލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް