ހަމުގެ ބަލިތަކަށް ޚާއްސަ ޓްރިވެންޑްރަމް އާރ. ކޭ. ލޭޒަރ ސްކިން ކެއަރ ސެންޓަރުގެގެ ހަމުގެ މައްސަލަތަކާބެހޭ ޗީފް ކޮންސަލްޓަންޓް ޑޮކްޓަރ ރާދަކްރިޝްނަން ނަޔަރ، 5 މާރޗް 2017 ގައި މޯލްޑިކެއަރގައި ބަލިމީހުން ބައްލަވަން ފައްޓަވާނެ ކަމަށް އެ ސެންޓަރުން ބުނެފި އެވެ.
ތަޖުރިބާކާރު މި ޑޮކްޓަރު ދެއްވާ ފަރުވާތަކުގެ ތެރޭގައި އިސްތަށި ނައްތާލުން، އޮށާޅައާއި ލަކުނުތައް ނައްތާލުން، ކެމިކަލް ޕީލިންގ، ވިޓިލެގޯ އަދި ހަމުގެ ލޭޒަރ ތެރަޕީ ދިނުން ހިމެނޭކަމަށް މޯލްޑިކެއަރ ބުނެ އެވެ. މި ޑޮކްޓަރު ބަލި މީހުން ބައްލަވާ ގަޑިތަކަކީ ހެނދުނު 9 އަކުން މެންދުރު 2 އާއި ހަމައަށާއި، އަދި މެންދުރުފަހު 2 އިން ފެށިގެން ރޭގަނޑު 9 ޖަހަންދެންނެވެ.
ޑޮކްޓަރަށް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނަންނޯޓު ކުރުން މިހާރު ކުރިއަށް ދާއިރު، ނަން ނޯޓުކުރަން ބޭނުންވާ ފަރާތްތަކުން މޯލްޑިކެއަރގެ ނަންބަރު "3331590" އަށް ގުޅުއްވައިގެން ނަންނޯޓު ކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޑޮކްޓަރ ރާދަކްރިޝްނަން ނަޔަރ އަށް ދެއްކުމަށް ފަސްދޮޅަހަށްވުރެ ގިނަ ފަރާތްތަކުން މިހާރު ނަން ނޯޓްކޮށްފައިވާ ކަމަށް މޯލްޑިކެއާއިން ބުނެ އެވެ.