Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 09:57
ހިސާން ހުސައިން
ހިސާން ހުސައިން
މޯލްޑިވްސް އަޕްރައިޒިންގް
ރައްޔިތުންގެ މަޖިލިސް
ހިސާންގެ ނަން ޖޭއެސްސީއަށް ހުށައެޅުމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ފާސްކޮށްފި
ނަން ފާސްކޮށްފައިވަނީ ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން

ޖުޑީޝަލް ސަރވިސް ކަމިޝަން(ޖޭއެސްސީ)އަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ނަން ހުށައެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކޮށްފިއެވެ.

ހިސާންގެ ނަން ފާސްކޮށްފައިވަނީ ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އިނގިރޭސިވިލާތުގައި ގާނޫނީ ދާއިރާއިން އިން 2005ގައި މާސްޓާޒް ފުރިހަމަކުރައްވުމަށް ފަހު ފުރަތަމަ ވަޒީފާ އަދާކުރެއްވީ އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. އެ އޮފީހުން 2007 ވަނަ އަހަރު ވަކިވެވަޑައިގަތުމަށް ފަހު އަމިއްލަ ލޯ ފާމެއްގައި އުފައްދަވައި މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީކަން ހިސާން އަދާކުރެއްވެވި އެވެ.

Advertisement

ރައީސް ނަޝީދު ހައްޔަރުކުރުމުން، އެމަނިކުފާނު މިނިވަންވުމާ ހަމައަށް ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވައިގެން ހިސާން މަސައްކަތް ކުރެއްވެވި އެވެ. އަދި ކުރީގެ ރައީސް ޔާމީން ވެރިކަމުގައި ހައްޔަރުކުރި ސިޔާސީ ލީޑަރުންގެ ދިފާއުގައި ވެސް ހިސާން ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވެވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު ގެނެސް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކުރުމާއެކު އެމަނިކުފާނުގެ ދިފާއުގައި ވެސް މަސައްކަތް ކުރެއްވީ ހިސާން އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް