Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 10:22
މާލެ ސިޓީ، ހުޅުމާލެ
މާލެ ސިޓީ، ހުޅުމާލެ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލޭގައި ފޭރުން
ހުޅުމާލޭގައި މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި
އެކަން ހިނގާފައިވަނީ ހުޅުމާލޭގައި ހުންނަ ސިޓީއޮންލައިން އޭޝިއާ ކައިރިން
މީހެއްގެ އަތުން 150000ރ އާއި 15000 ޑޮލަރު ފޭރިގެންފައިވޭ

ހުޅުމާލޭގައި ސައިކަލުތަކެއްގައި ދިޔަ ބަޔަކު މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފިއެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކަން ހިނގާފައި ވަނީ ހުޅުމާލޭގައި ހުންނަ ސިޓީއޮންލައިން އޭޝިއާ ކައިރިން ކަމަށާއި، މާލެއިން ހުޅުމާލެއަށް ދިޔަ މީހެއްގެ އަތުން 150,000ރ އާއި 15,000 ޑޮލަރު ފޭރިގަނެގެން ދިޔައީ ދެ ސައިކަލެއްގައި ދުއްވާފައި ދިޔަ ހަތަރު މީހަކު ކަމަށެވެ. އަދި އެ މީހުން ތިބީ ހެލްމެޓު އަޅައިގެން ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އިތުރަށް ބުނީ، އެކަން ކޮށްފައި ވަނީ އެއްޗަކުން ޖަހައި އޭނާ ވައްޓާލުމަށް ފަހު ސައިކަލްގެ މަޑި ހަލާކުކޮށްލައިގެން ކަމަށާއި، އެކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯރޓް ކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ 12:05 ގައި ކަމަށެވެ. އަދި އެކަމާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށާއި، އެ މައްސަލަ ތަހުޤީޤު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

Advertisement

ފަހަކަށް އައިސް މިފަދަ ކުށްތައް ކުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1662 މައްސަލައަކާއި، ފޭރުމުގެ 175 މައްސަލައެއް ފުލުހުންނަށް ރިޕޯރޓްކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް