Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 10:26
ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި ނަން ބޯޑެއް
ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި ނަން ބޯޑެއް
ޓްވިޓަރ
އާ ލަފްޒުތައް
އާ ލަފްޒުތައް ހެދުމުގެ އުސޫލުތަކަށް ބަދަލު ގެންނަން ޖެހޭ: ޔުމްނާ
ލަފްޒުތައް ހަދަން ވާނީ ގިނަ ބަޔަކަށް ކިޔަން ފަސޭހަ ގޮތަށް
ދަރުމަވަންތަ ހޮސްޕިޓަލްގެ ނަން ބޯޑުތަކަށް ގިނަ ބަޔަކަށް ދަނީ ބަހުގެ އެކަޑަމީ އަށް ފާޑުކިޔަމުން

އާ ލަފްޒުތައް ހެދުމުގެ އުސޫލުތަކަށް ބަދަލު ގެންނަ ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް މިނިސްޓަރ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

Advertisement

އެކަމަނާ އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަފްޒުތައް ހަދަން ވާނީ ގިނަ ބަޔަކަށް ކިޔަން ފަސޭހަ ގޮތަށް ކަމަށާއި އަދި އާންމުންގެ ޚިޔާލާ ވެސް އެކަމުގައި ހޯދުމަށް ފަހު ކަމަށެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ދިވެހި ބަހުގެ އެކަޑަމީ އާއެއްކޮށް ކުރައްވާ ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

އެކަމަނާ މިހެން ވިދާޅުވެފައި މި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި ނަން ބޯޑުތަކުގެ ފޮޓޯތައް އާންމުން ހިއްސާކޮށް، އެކަމަށް ޖޯކު ޖަހަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ބޯޑުތަކުގައި ހުރި ބައެއް ނަންތަކަށް ބަލާއިރު "ސްމޯކް ސްޓޮޕް ލޮބީ" އަކީ "ދުންމަތަ ލޮބީ" އެވެ. ސާފުކޮށްފައި ތަކެތި ރައްކާ ކުރާ ތަނަކީ "އަރެސް ދޮވެބަހައްޓާ ކޮޓާރު" އެވެ. "ގެވެހިދާރީ ކޮޓަރި" އަކީ ދޮވެ ސާފުކުރާ އެއްޗެއްސާއި ބެޑްޝީޓު ފަދަ އެއްޗެހި ރައްކާކުރާ ތަނެވެ. ދެން ހުރީ "އަގީމު ސަރައްކާލި" ފަދަ ނަންތަކެވެ.

ދިވެހި ބަހުގެ އެކަޑަމީ އިން މިފަދަ އައު ބަސްތައް އުފެއްދިކަމުގައި ވިޔަސް އާންމުން އެފަދަ ބަސްތައް ބޭނުންކޮށް އުޅެނީ ވަރަށް މަދު ފަހަރަކުއެވެ. އަދި ބައެއް މީހުން ބުނާ ގޮތުގައި އެ ކަހަލަ ބަސްތައް އުފެއްދުމުން އެ ބަސްތައް ބޭނުންކުރަން އުނދަގޫވެ، މާނަ އޮޅޭ ގޮތްވެއެވެ. އަދި މި ފަދަ ގޮތަކަށް ރަސްމީކޮށް ބަސްތައް ބޭނުންކުރުމުގެ ކުރިން އެ ބަސްތަކަށް އާންމުން ހޭލުންތެރި ކުރަންޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ދިވެހި ބަހުގެ އެކަޑަމީ އިން ބުނެފައި ވަނީ އެ ބަސްތަކަކީ އައިޖީއެމްއެޗުގެ އެދުމަކަށް ބަސް ކޮމެޓީގެ ފަންނީ ބޭފުޅުން އެ ހޮސްޕިޓަލަށް ވަޑައިގެން ގޮސް ހެއްދެވި ބަސްތަކެއް ކަމަށެވެ. އަދި އެތާނގައި ތިއްބަވާ އެ މަސައްކަތް ކުރެއްވީ، ކަމާ ބެހޭ ބޭފުޅުންގެ ލަފާ ވެސް ހޯއްދަވައިގެން ކަމަށް ވެސް ދިވެހި ބަހުގެ އެކަޑަމީ އިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް