Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 03:31
ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
ޖޭއެސްސީ
ޖޭއެސްސީގެ މެންބަރުކަމަށް ރައީސް ނަޝީދު އައްޔަންކުރައްވައިފި
ނަޝީދު އެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި

ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އައްޔަން ކުރައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް, ނަޝީދު އެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

Advertisement

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ރައީސް މުޙައްމަދު ނަޝީދު އައްޔަން ކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. ރައީސް މުޙައްމަދު ނަޝީދަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދީއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް މުޙައްމަދު ނަޝިދާ ޙަވާލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ މިހާރުގެ ރައްޔިތުންގެ މަޖިލީހަކީ، ވަރަށް ގިނަ ބައެއްގެ އުއްމީދު ތަކާއި ގުޅިފައިވާ މަޖިލީހެއް ކަމަށާއި މަޖިލީހުގެ މަސައްކަތްތައް ވީހާ ވެސް ހަލުއިކަމާއި އޮމާންކަމާއި އިންސާފުވެރިކަމާއެކު، މަޖިލީހުގެ އާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް ސަރުކާރުން ވެދެއްވެން އޮތް އެއްބާރުލެއްވުމެއް ވީ އެންމެ ފުރިހަމައަކަށް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޝްވަރާ އާއި އެހީތެރިކަމާއެކު، ވީހާވެސް އިންޞާފުވެރި ކަމާއިއެކު މަޖިލީހުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި، ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދެއްވާނެ ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް